February 24, 2026
Advertisement
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ / ސަން

ދައުލަތުގެ އާމްދަނީ ދަށަށް!

Hussain Nawaf
ހުސައިން ނަވާފް
Feb 9, 2025, 12:17 AM

ދައުލަތުގެ އާމްދަނީ ދަށްވިކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފިއެވެ.

Advertisement

މި އަހަރު ދައުލަތުގެ އާމްދަނީ 3.2 ބިލިއަން ރުފިޔާއަށް އަރާފައިވާނަމަވެސް، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 574 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

ދައުލަތުގެ އާމްދަނީ ދަށްވެފައިވީނަމަވެސް، ކުރި ޚަރަދުތަކާ އަޅާބަލާއިރު 1.05 ބިލިއަން ރުފިޔާ ވަނީ އިތުރުވެފައިކަން ފާހަގަކޮށްލެވެއެވެ.

ސަރުކާރަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް އިންންނެވެ. އެއީ 1.39 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި އާންމު މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ޖީޖީއެސްޓީ އަށް ލިބުނު 378 މިލިއަން ރުފިޔާ ހިމެނުނުއިރު ފަތުރުވެރިކަމުން ނަގާ ޓެކްސް ޓީޖީއެސްޓީ އަށް އެއް ބިލިއަން ލިބިފައިވެއެވެ.

ޚަރަދުތަކަށް ބަލާއިރު، ސަރުކާރުން އެންމެ ގިނައިން ހޭދަކޮށްފައިވަނީ ރިކަރެންޓް ޚަރަދުތަކަށެވެ. އެގޮތުން، މުސާރައާއި އިނާޔަތްތައް އަދި ޕެންޝަނަށް 955.1 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ނަމަވެސް ކެޕިޓަލް ޚަރަދުތަކުގެ ގޮތުގައި ހޭދަކޮށްފައިވަނީ އެންމެ 80.1 މިލިއަން ރުފިޔާއެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved