May 20, 2026
Advertisement
ސަލްޓަން ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން  އިއުލާންކޮށްފި
ސަލްޓަން ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި / ސަން

ސަލްޓަން ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Feb 15, 2025, 06:26 PM
މާލެ ސިޓީ

މާލޭގެ އެންމެ ހާއްސަ އެއް ތަން ކަމަށްވާ ސަލްޓަން ޕާކް މަރާމާތުކޮށް ދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

Advertisement

ސަލްޓަން ޕާކުގެ ހާލަތު ދެނެގަތުމަށް ސިޓީ ކައުންސިލުން ހާއްސަ ދިރާސާއެއް ކުރުމަށްފަހު އެ ތަނުގެ އާބާތުރަ ފިލުވައިދޭނެ ބައެއް ހޯދައިދޭން އިއުލާނު ކޮށްފައިވާ ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ. އެ ތަނުގެ ހާލަތު އެހައި ހިސާބަށް ދިޔައީ އެތަން ހުޅުވީއްސުރެ މިއަދާ ހަމައަށް އެއްވެސް މަރާމާތެއް ކޮށްފައި ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ބީލަމާ ގުޅޭ މައުލޫމާތު ސެޝަނެއް އަންނަ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައި ހ. ހުޅުގަލީގެ އެއް ވަނަ ބުރީގައި ހުންނަ ކައުންސިލްގެ އިދާރާގައި އޮންނާނެ އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނާ ގޮތުގައި، ޕާކުތަކާއި މައިޒާންތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލްގެ ޒިންމާއަކަށް ވިޔަސް ރަސްފަންނު މަރާމާތު ކުރަން އެމްޓީސީސީއާ އޮތީ ހަވާލުކޮށްފަ އެވެ. އެތަނުގައި ހިންގާ ކިއޮސްކަކީ، އެ ސަރަހައްދު މަރާމާތު ކުރާތީ އޭގެ ބަދަލުގައި އެމްޓީސީސީ އަށް ދީފައިވާ ތަނެކެވެ.

ކައުންސިލުން ބުނީ މަރާމާތު ކުރުމުގެ ބަދަލުގައި އެ ތަނުގައި ޖެހޭނީ އިންފްރާސްޓްރަކްޗާގެ މަސައްކަތް ކުރަން ކަމަށާއި އެކަމަކު އެކަން ކުރާނެ ބަޖެޓެއް ސިޓީ ކައުންސިލްގައި ނެތް ކަމަށެވެ.

ސަލްޓަން ޕާކް އަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަރަށް ހިތްގައިމުކޮށް ތަރައްގީކުރި ޕާކް އެކެވެ. އަދި އޭރު މާފަންނުކޮޅުގައި ހަދާފައިވާ ރަސްފަންނަކީ ވެސް ގިނަ ވަސީލަތްތަކެއް އެކުލެވޭ ގޮތަަށް ތަރައްގީކުރި ބީޗެކެވެ.

ސަލްޓަން ޕާކް ތަރައްގީކުރުމަށްފަހު އެތަނުގެ ނަމަކަށް ކީ "ރަސްރަނި ބަގީޗާ" އެވެ. ނަމަވެސް ރައީސް ސޯލިހުގެ ވެރިކަމުގައި ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކުގެ ނަމަށް ބަދަލުކުރި އެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved