

އަހަރުގެ މިހާތަނަށް ޖުމްލަ އާމްދަނީ ދަށަށް ދިޔަކަން ހާމަވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ކަށަވަރުކޮށްދީފައިވާ ގޮތުގައި ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 4.8 ބިލިއަން ރުފިޔާއެވެ. ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ލިބުނީ އިމްޕޯޓް ޑިއުޓީ، ޖީއެސްޓީ، ޓީޖީއެސްޓީ، އަދި ބީޕީޓީންނެވެ. މި ހަފްތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމްޕޯޓު ޑިއުޓީންނެވެ.
ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވާ އާމްދަނީ އަކީ 4.8 ބިލިއަން ރުފިޔާއެވެ. އެހެން ކަމުން މި މުއްދަތުގައި ލިބުނު އާމްދަނީ މި ދިޔަ އަހަރާ އަޅާ ބަލާއިރު 358 މިލިއަން ދަށަށް ގޮސްފައިވާކަން ފާހަގަ ކުރެވެއެވެ.
އެ މުއްދަތުގެ ޖުމްލަ ހަރަދަކީ 3.01 ރުފިޔާއެވެ. އެގޮތުން ހަރަދުގެ ބޮޑުބައި ހޭދަކޮށްފައިވަނީ އާސަންދައަށްކަން ފިނޭންސް މިނިސްޓްރީންވަނީ ފާހަގަކޮށްފައެވެ.
އަހަރުގެ މިހާތަނަށް މުސާރަ އާއި އުޖޫރަ އާއި ޕެންޝަނުގެ ގޮތުގައި 1.14 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވެއެވެ. މި މުއްދަތުގައި މިދިޔަ އަހަރު ހޭދަ ކޮށްފައިވަނީ 1.02 ބިލިއަން ރުފިޔާއެވެ. މިއާއެކު 116 މިލިއަން ރުފިޔާގެ އިތުރަށް މިބައިން މިއަހަރު މިހާތަނަށް ވަނީ ހަރަދުވެފައެވެ.
ސަރުކާރުގެ ބަޖެޓުގެ 94 އިންސައްތަ ރިކަރެންޓް ހަރަދަށް އަށް ހޭދަކޮށްފައިވާއިރު ބާކީ 6 އިންސައްތަވަނީ ކެޕިޓަލް ހަރަދަށް ހަރަދުކޮށްފައެވެ.
ދައުލަތަށް ޖުމްލަ އާމްދަނީގެ 87 އިންސައްތަ ޓެކްސް މަސްދަރުތަކުން ލިބިފައިވާއިރު ޓެކްސް ނޫން މަސްދަރުތަކުން ލިބިފައިވަނީ އެންމެ 12 އިންސައްތައެވެ. މީގެ އިތުރުން ގްރާންޓްގެ ގޮތުގައި 1 އިންސައްތަ ލިބުނުކަންވެސް ފާހަގަކޮށްލެވެއެވެ.