February 23, 2026
Advertisement
ރައީސް އަދި ވަޒީރުން ބޭނުން ނަމަ މަޝްރޫއުތައް ބިޑަކަށް ނުލާ ބޭނުން ބަޔަކަށް ދެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި
ރައީސް އަދި ވަޒީރުން ބޭނުން ނަމަ މަޝްރޫއުތައް ބިޑަކަށް ނުލާ ބޭނުން ބަޔަކަށް ދެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި / ރައީސް އޮފިސް

ރައީސް އަދި ވަޒީރުން ބޭނުން ނަމަ މަޝްރޫއުތައް ބިޑަކަށް ނުލާ ބޭނުން ބަޔަކަށް ހަވާލު ކުރެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Feb 27, 2025, 03:51 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ހުމެނިވަޑައިގަންނަވާ ގޮތުން، ވަޒީރުންގެ މަޖިލީހުން ކަނޑައަޅާ މަޝްރޫއުތައް ބިޑުނުކޮށް ބޭނުން ބަޔަކަށް ހަވާލު ކުރެވޭ ގޮތަށް މާލިއްޔަތު ގަވާއިދު އިސްލާހުކޮށްފި އެވެ.

Advertisement

މާލިއްޔަތުގެ ގަވާއިދަށް އިއްޔެ ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ވަކި މަޝްރޫއުއަކީ ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ މަޝްރޫއެއް ކަމަށް ކަނޑައަޅައިފި ނަމަ ބިޑަކާ ނުލައި އެ މަސައްކަތް ހަވާލު ކުރެވޭނެ ކަމަށެވެ.

ހަމަ މި ގަވާއިދުގެ ދަށުން ޕީއެސްއައިޕީގެ ތެރެއިން ދައުލަތުގެ އޮފީހަކުން މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓަރުގެ ލަފާގެ މަތިން ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ ވަކި މަޝްރޫއެއް ހަވާލު ކުރުމަށް ނިންމައިފިނަމަ، އެ މަޝްރޫއަށް ބިޑް ސެކިއުރިޓީއާ ޕާފޮމެންސް ގެރެންޓީ ނުވަތަ ސެކިއުރިޓީ ނެގުން އިސްތިސްނާ ކުރުމުގެ ބާރު ވެސް މިނިސްޓަރަށް ލިބިގެންވެއެވެ.

ބިޑަކާ ނުލައި މަޝްރޫއު ހަވާލުކޮށް އަދި ތަކެތި ހޯދޭނެ އުސޫލެއް މީގެ ކުރިން ވެސް މާލިއްޔަތު ގާނޫނުގެ ދަށުން ބަޔާންކޮށްފައިި އޮތްއިރު، އެ ބާރު ދީފައި އޮތީ ވަޒީރުންގެ މަޖިލީހަކަށް ނޫނެވެ. ގަވާއިދަށް ގެނައި އިސްލާހާއެކު މިހާރު އެ ބާރު އޮންނާނީ ވަޒީރުންގެ މަޖިލީހަށެވެ.

ފިނޭންސް މިނިސްޓްރީން ގެޒެޓުުގައި އާންމުކުރި މި އިސްލާހާއެކު، މިހާރުވަނީ އެއަށް އަމަލުކުރަން ފަށައިފަ އެވެ.

ބިޑަކާ ނުލާ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތަށް މާލިއްޔަތު ގަވައިދަށް އިސްލާހެއް ގެނައި އިރު، ވެރިކަމާ ހަވާލުވެ، މި ސަރުކާރުން ޑިސެމްބަރު 2023 ގައި ވަނީ ކުރީގެ ސަރުކާރުން އެކުލަވައިލި ބިޑް ކުރުމުގެ ދައުވަތަކާ ނުލައި ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލު އުވާލައިފަ އެވެ.

ބިޑަކާ ނުލައި ބޭނުން ބަޔަކަށް މަޝްރޫއު ހަވާލު ކުރުމުގެ ބާރު ވަޒީރުން މަޖިލީހަށް ދިނުމަށް މާލިއްޔަތުގެ ގަވާއިދަށް ގެނައި ބަދަލާއި ގުޅިގެން ފާޑުވިދާޅުވަމުން ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވެވަޑައިގަންނަވާ ބަޔަކަށް ޕްރޮޖެކްޓު ހަވާލު ކުރުމަށް ގެނައި ބަދަލެއް ކަމަށެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ގެނެސްފައިވާ މި ބަދަލަކީ މަކަރުވެރި، ހީލަތްތެރި ވިސްނުމަކުން ރައީސް މުއިއްޒު ބޭނުންވާ ބަޔަކަށް ޕްރޮޖެކްޓްސްތައް ހަވާލުކުރުމަށް ގެނެސްފައިވާ ބަދަލެއް

އަމީރު

އެ ބަދަލުގެ ސަބަބުން ސަރުކާރުން ކޮރަޕްޝަނާއި ވައްކަން އިތުރުވެ ޕްރައިވެޓް ސެކްޓާއަށް އޮތް ފުރުސަތުތައް އިތުރަށް ހަނިވާނެ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved