March 15, 2026
Advertisement
ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް --
ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް -- / މާލެ ސިޓީ ކައުންސިލް

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު، އަހުމަދު ނަރީޝް އިސްތިއުފާ ދީފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Mar 12, 2025, 06:48 PM
މާލެ ސިޓީ

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު، އަހުމަދު ނަރީޝް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

Advertisement

'ފޭސްބުކް'ގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ޚިދުމަތްކުރަން ފުރުސަތު ލިބުމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރުކަމުންނާއި، ޑެޕިއުޓީ މޭޔަރުކަމުން މިއަދުން ފެށިގެން އިސްތިއުފާ ދީފައިވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ނަރީޝް މިއަދު އިސްތިފާދެއްވިއިރު، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވަން އުޅުއްވާ ކަމުގެ އަޑުތައް މީގެ ދެތިން ދުވަހެއް ކުރިން ފެށިގެން އާންމުންގެ ތެރޭގައި ދިޔައީ ފެތުރެމުންނެވެ. އަޑުތައް ފެތުރިފައި ވަނީ ސަރުކާރުގެ މަގާމަކާ ހަވާލުވުމަށް ނަރީޝް އިސްތިއުފާ ދެއްވަނީ ކަމަށެވެ. ނަމަވެސް ރަސްމީކޮށް މިކަން އަދި ކަށަވަރެއް ނުވެ އެވެ.

ނަރީޝްގެ އިސްތިއުފާ ސިޓީގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަނީ ތައުރީފުކުރައްވައިފައެވެ.

ނަރީޝް ވަނީ މިހާރުގެ މޭޔަރު އާޒިމްގެ އަރިހުން އޭނާއަށް ދަސްވި ފިލާވަޅުތަކަށްޓަކައި ވެސް ޝުކުރު އަދާކުރައްވައިފަ އެވެ. އެގޮތުން ކުރީގެ މޭޔަރުކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަކީ ބޭނުންވާ ނަތީޖާތައް ހަލުވިކަމާ އެކު ނެރެދެއްވުމަށްޓަކާ، ސިޔާސީ ފިކުރު ތަފާތު މީހުންނާ އެކުވެސް މަސައްކަތްކުރައްވުގެ ކޮލެޓީ ހުރި، މާލެ ސިޓީއަށް އަވަސް ހެޔޮ ބަދަލެއް ގެންނެވި ލީޑަރެއް ކަމަށާއި، އެމަނިކުފާނުގެ އަރިހުން ދަސްވި ފިލާވަޅުތަކަށްޓަކައި ޝުކުރު ދަންނަވާފައި ވެއެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހޭދަ ކުރެއްވި ދުވަސްތަކުގައި މޭޔަރު އާދަމް އާޒިމްގެ ފަރާތުން ލިބިވަޑައިގެންނެވި އެހީތެރިކަމަށާއި ކައުންސިލްގެ އެހެން މެމްބަރުންގެ ފަރާތުން ލިބުނު އެހީތެރި ކަމަށް ވެސް ނަރީޝް ޝުކުރު އަދާކުރެއްވި އެވެ.

އޭނާ ވަނީ އެ މަގާމަށް އޭނާ ހޮވުމަށްޓަކައި ބުރަކޮށް މަސައްކަތްކޮށްދެއްވި ދާއިރާގެ ރައްޔިތުންނާއި، ޕީއެންސީ/ޕީޕީއެމް ލީޑަޝިޕަޝާއި އަދި ޚާއްސަކޮށް ރައީސް މުއިއްޒަށް ޝުކުރުއަދާ ކުރައްވައިފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް އަހުމަދު ނަރީޝް އިންތިހާބު ކޮށްފައިވަނީ ޖޫން 21، 2021ގައެވެ.



ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved