February 23, 2026
Advertisement
ޕެންޝަން އޮފީހުގެ ބޯޑަށް ސަރުވަޝްއާއި މަޖީދު އައްޔަނުކޮށްފި --
ޕެންޝަން އޮފީހުގެ ބޯޑަށް ސަރުވަޝްއާއި މަޖީދު އައްޔަނުކޮށްފި -- / ޕެންޝަން އޮފީސް

ޕެންޝަން ބޯޑަށް ސަރުވަޝްއާއި މަޖީދު އައްޔަނުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Mar 15, 2025, 06:10 AM
މާލެ ސިޓީ

ޕެންޝަން އޮފީހުގެ ބޯޑު މެންބަރުކަމަށް ފިނޭންސް މިނިސްޓްގެ ކުރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމްއާއި، މީގެ ކުރިން ޕެންޝަން އޮފީހުގެ ބޯޑު މެންބަރުކަން ކުރައްވާފައިވާ އަބްދުލް މަޖީދު އަލީ އައްޔަނުކޮށްފި އެވެ.

Advertisement

ޕެންޝަން އޮފީހުގެ ބޯޑް އެކުލެވިގެން ވަނީ އަށް މެންބަރުންގެ މައްޗަށެވެ. ޕެންޝަން އޮފީހުގެ ބޯޑްގެ މެންބަރުންގެ ދައުރަކީ މަގާމާ ހަވާލުވާ ތާރީހުން ފެށިގެން ތިން އަހަރު ދުވަހުގެ މުއްދަތެވެ.

ސަރުވަޝްއާއި މަޖީދުގެ އިތުރުން ދެން އެ ބޯޑުގައި ތިއްބަވާ ބޭފުޅުންނަކީ:

  • ޑރ. އަހުމަދު އިނާޒް - ބޯޑުގެ ޗެއާޕާސަން
  • ޝިފާޒާ ވަޖީހު - ސޯޝަލް ސެކިއުރިޓީ ދާއިރާ ތަމްސީލުކުރައްވާ މެންބަރު
  • ފާތިމަތު އަބްދުﷲ ކަމާލުއްދީން - ސެކިއުރިޓީޒް މާކެޓް ރެގިއުލޭޓާ ތަމްސީލުކުރައްވާ މެންބަރު
  • އަޝްރަފް ރަޝީދު - ފިނޭންސް މިނިސްޓްރީ ތަމްސީލުކުރައްވާ މެންބަރު
  • މިޒްނާ މުހައްމަދު - އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރައްވާ މެންބަރު

ރާއްޖޭގައި މަސައްކަތް ކުރާ އާބާދީގެ ގާތްގަނަޑަށް 80 ޕަސެންޓް މީހުން މޯލްޑިވްސް ރިޓަޔާމެންޓް ޕެންޝަން ސްކީމްގައި ބައިވެރިވެފައިވާ އިރު މަހެއްގެ މައްޗަށް ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ އެ ފަންޑަށް ޖަމާވެ އެވެ.

ޕެންޝަން އޮފީހުގެ އަމާޒަކީ ރާއްޖޭގެ "ރިޓަޔާމަންޓް ފަންޑު" ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތްތައް ހަރުދަނާ ކުރުމެވެ. ޕެންޝަން ފަންޑުގައި ހުރީ އެތައް ހާސް ބަޔަކު ބުރަ މަސައްކަތް ކޮށްގެން ފަހަށް ރައްކާކުރާ ފައިސާ ކަމަށް ވާތީ އެ ފައިސާ އަމާނާތްތެރިކަމާ އެކު އިންވެސްޓް ކުރުމުގައި ރިސްކް ކުޑަކުރުމަކީ ޕެންޝަން އޮފީހުގެ އެއް މަގްސަދެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved