ހޮޅުދޫ، މާރަނގަ، ޒަކިއްޔާ މޫސާ މަނިކު / ސޯޝަލް މީޑިއާ
ހަބަރު
ޒަކިއްޔާގެ މަރު: ފުލުހުންގެ ވެރިން ޕަބްލިކުގައި މަތި އޮމާން ކުރީ!
24 މާރިޗު 2025
ނޫނު އަތޮޅު

ނ.ހޮޅުދޫގައި މިދިޔަ ސެްޓެމްނަރު މަހުގެ ކުރީ ކޮޅު ނިޔާވެފައި އޮއްވާ ފެނުނު އެ ރަށު މާރަނގަ، ޒަކިއްޔާ މޫސާ މަނިކުގެ މަރާ ގުޅިގެން ފުލުހުން ރަށު ރައްޔިތުންނާ ޕަބްލިކުގައި ދެއްކި ވާހަަކައާ ފަހުން މީޑިޔާއާ ނުލާ ދެއްކި ވާހަކައިގެ ރާގު ބަދަލުވެފައިވާ ކަމަށް އާއިލާގެ ފަރާތުން ހާމަކޮށްފިއެވެ.

ޒަކިއްޔާގެ އާއިލާގެ ފަރާތުން" ތޭރަ އޮންލައިން"އާ ވާހަކަ ދައްކަމުން ޒަކިއްޔާގެ ކޮއްކޮ ހާމަކުރި ގޮތުގައި ޒަކިއްޔާގެ މަރަކީ އާދަޔާ ޚިލާފު މަރެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު މީޑިޔާ ކުރިމަތީ ވިދާޅުވެފައިވާއިރު އަދި ޒަކިއްޔާގެ މަރުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވެފަައިވާއިރު އޭގެ ފަހުން ރަށު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައިވެސް އަދި އާއިލާއާ އެކު ބޭއްވި ބައްދަލުވުމުގައިވެސް ޒަކިއްޔާގެ އާއިލާއަށް ފުލުހުންގެ ވެރިން މަސައްކަތްކޮށްފައިވަނި އެއީ އަމިއްލަ މަރެއްގެ (ސުއިސަޑެއް)ގެ ގޮތުގައި ވިސްނައިދިނުމަށް ކަމަށެވެ.

އެގޮތުން ކަރުގައި ހުރި ޒަޚަމްތަކަކީ އަމިއްލައަށް ހަމަ ހޭގައި ހުރެ ދެވިދާނެ ޒަޚަމްތަކެއްގެ ގޮތުގައި ފުލުހުންގެ ވެރިން އާއިލާއަށް ވިސްނައިދޭން މަސައްކަތްކުރި ކަމަށާ ފުލުހުންގެ ވެރިން މަސައްކަތްކުރަނީ އެ މުއައްސަށާއިން ފުރަތަމަ ދިން ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކައިގައި ހިފައިގެން މައްސަލަ އޮއްބާލަން ކަމަށް ވެސް އެ އާއިލާއިން ތުހުމަތުކުރެއެވެ.

އާއިލާގެ ބައެއް މެމްބެަރުންނާ އަދި ރަށުގެ ރައްޔިތުންވެސް ތުހުމަތު ކުރާ ގޮތުގައި ހޮޅުދޫއަސް ދިޔަ ފުލުހުންގެ ޓީމުގައި ހިމެނޭ އެސިސްޓެންޓު ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންއާ ޒަކިއްޔާގެ ގާތިލު ކަމަށް ރަށުގެ ރައްޔިތުން ބުނާ، ޒަކިއްޔާގެ ފިރިމީހާ، މުހައްމަދު ރަޝީދު (މޮންޑީ)އާ ގާތް ގުޅުން އޮންނަ ކަމާ އެހެންކަމުން މޮންޑީގެ ނުފޫޒު ފޯރުވާނެ ކަމަށެވެ.

އެ ރަށުން މައުލޫމާތު ދިން މީހުން ބުނި ގޮތުގައި ނަވީން ހޮޅުދޫއަށް ދިޔަ ދަތުރު ނަވީން ވަނީ ހޮޅުދޫގައި އެ ވަގުތު ތިބި މޮންޑީގެ އާއިލާ މީހުންނާ އެރޭ ވަކިން ބައްދަލުކޮށްފައެވެ. އެކަމުގައިވެސް ސުވާލު އުފެދޭ ކަމަށްވެސް އެ ރަށުގެ ރައްޔިތުންނާ ޒަކިއްޔާގެ އާއިލީ މީހުން ބުނެފައިވެއެވެ.

ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ހޮޅުދޫ ރައްޔިތުން ދަނީ މެދު ނުކެނޑި އިހުތިޖާޖުކޮށް އަޑު އުފުލަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved