February 23, 2026
Advertisement
ރައީސް މުއިއްޒު އަދި މިނިސްޓާރ ޒަމީރު
ރައީސް މުއިއްޒު އަދި މިނިސްޓާރ ޒަމީރު / ރައީސް އޮފިސް

މުސާރައާ އިނާޔަތްތަކަށް ކުރި ޚަރަދު ބޮޑުތަނުން އިތުރުވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Apr 14, 2025, 12:50 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން މުސާރައާ އިނާޔަތްތަކަށް ކުރި ޚަރަދު ބޮޑުތަނުން އިތުރުވެފައިވާކަން ހާމަވެއްޖެއެވެ.

Advertisement

މިކަން ހާމަވެފައިވަނީ، ފިނޭންސް މިނިސްޓްރީއިން މާޗު 20، އާ ހަމައަށް ކުރި ހަރަދާއި ލިބުނު އާމްދަނީގެ މާލީ ހިސާބުތަކުންނެވެ. ހިސާބުތަކުން ދައްކާ ގޮތުގައި، މާޗު 20ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން މުސާރައާއި އިނާޔަތްތަކަށް ޖުމްލަ 2.62 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި މިކަމަށް ބަޖެޓުން ހަރަދުވީ 2.22 ބިލިއަނެވެ. މިއީ ޖުމްލަ 404 މިލިއަން ރުފިޔާގެ ބޮޑުވުމެކެވެ. މުސާރައަށް އެކަނި ދިޔަ ހަރަދުވެސް ވަނީ 147 މިލިއަން ރުފިޔާއިން އިތުރުވެފައެވެ.

މީގެއިތުރުން، ހިންގުމާއި އެޑްމިނިސްޓްރޭޓިވް ހަރަދުތައް ވެސް ވަނީ އިތުރުވެފައެވެ. މި އަހަރުގެ މާޗު 20، އާ ހަމައަށް ހިންގުމާއި އެޑްމިނިސްޓްރޭޓިވް ހަރަދުތަކަށް ބަޖެޓުން ހޭދަކުރީ 4.56 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު މި މުއްދަތުގައި މިކަމަށް ހަރަދުކުރީ 4.38 ބިލިއަނެވެ.

ދައުލަތުގެ ޚަރަދުތައް އިންތިހާއަށް މަތިވެފައިވާކަން ހިސާބުތަކުން ދައްކާއިރު މިއަދު އާންމުކުރި ހިސާބުތަކަށް ބަލާއިރު ދައުލަތުގެ ބަޖެޓުން މި އަހަރު މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު 400 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.

ރިކަރަންޓު ޚަރަދު އިތުރުވެ ދައުލަތުން ބޮޑު ހޭދައެއް ކުރާއިރު، ހިންގުން ހަރުދަނާކުރުމަށްޓަކައި ޚަރަދުތައް ކުޑަކޮށް އިސްލާހީ އަވަސް ފިޔަވަޅު އެޅުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ގެންދަނީ ތަކުރާރުކޮށް ރާއްޖެއަށް ލަފައާ އިރުޝާދު ދެމުންނެވެ. ނަމަވެސް ގައުމުގެ ވެރިން އެ އަޑުތައް ނާހާކަމަށް ރައްޔިތުން ދަނީ ތުހުމަތުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved