February 23, 2026
Advertisement
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ / ސަން

މުސާރަ އާއި އިނާޔަތްތަކަށް ކުރި ޚަރަދު 7.8 އިންސައްތައިން އިތުރު

Hussain Nawaf
ހުސައިން ނަވާފް
Apr 23, 2025, 08:00 PM

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން މުސާރަ އާއި އިނާޔަތްތަކަށް ކުރި ޚަރަދު 7.8 އިންސައްތައިން އިތުރުވެފައިވާކަން ހާމަވެއްޖެއެވެ.

Advertisement

މިކަން ހާމަވެފައިވަނީ، ފިނޭންސް މިނިސްޓްރީއިން އޭޕްރީލް 17 ވަނަ ދުވަހާއި ހަމައަށް ނެރުނު ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުންނެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި، އޭޕްރީލް 17ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން މުސާރައާއި އިނާޔަތްތަކަށް ޖުމްލަ 3.58 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި މިކަމަށް ބަޖެޓުން ހަރަދުވީ 3.3 ބިލިއަނެވެ. މިއީ ޖުމްލަ 7.8 އިންސައްތައިގެ ބޮޑު އަދަދެކެވެ. މުސާރައަށް އެކަނި ދިޔަ ހަރަދުވެސް ވަނީ 267 މިލިއަން ރުފިޔާއިން އިތުރުވެފައެވެ.

އެގޮތުން ހަރަދުތަކުގެ ޖުމްލަ 92 އިންސައްތައަކީ ރިކަރަންޓް ހަރަދުތަކަށް ކޮށްފައިވާ ހަރަދުކަން ފާހަގަ ކުރެވެއެވެ. .

ރިކަރަންޓު ޚަރަދު އިތުރުވެ ދައުލަތުން ބޮޑު ހޭދައެއް ކުރާއިރު، ހިންގުން ހަރުދަނާކުރުމަށްޓަކައި ޚަރަދުތައް ކުޑަކޮށް އިސްލާހީ އަވަސް ފިޔަވަޅު އެޅުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ގެންދަނީ ތަކުރާރުކޮށް ރާއްޖެއަށް ލަފައާ އިރުޝާދު ދެމުންނެވެ. ނަމަވެސް ގައުމުގެ ވެރިން އެ އަޑުތައް ނާހާކަމަށް ރައްޔިތުން ދަނީ ތުހުމަތުކުރަމުންނެވެ.

އެގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު އައިއެމްއެފުންދަނީ ކެނޑި ނޭޅި ހަރަދުތައް ކުޑަ ކުރުމަށް އިލްތިމާސް ކުރަމުންކަން ފާހަގަ ކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved