ހޮޅުދޫގައި ބޭއްވި އެއްވުމެއްގެ ތެރެއިން / ތޭރަގްރެފިކްސް
ހަބަރު
ރައީސުލްޖުމްހޫރިއްޔާއަށް ހޮޅުދޫ ރައްޔިތުންގެ އަޑު ނީވެނީ ބީރު ކަންފަތެއް ދޭތީ: ހޮޅުދޫގެ ރައްޔިތުން
Mariyam Isaadha
މަރިޔަމް އިސާދާ
02 މޭ 2025
މާލެ ސިޓީ

ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާ އެކު ނިޔާވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރަށް އިންސާފު ހޯދަން ގޮވާލާ އެ ރަށު ރައްޔިތުން ކުރާ އިހުތިޖާޖުތަކުގެ އަޑު ރައީސުލްޖުމްހޫރިއްޔާއަށް ނުފޯރަނީ އެމަނިކުފާނު އެ އަޑު އައްސވަަން ބޭނުންފުޅު ނުވާތީ ކަމަށް ހޮޅުދޫ ރައްޔިތުން ބުނެފިއެވެ.

ޒަކިއްޔާގެ މަރަށް އިންސާފު ހޯދަން ގޮވާލާ މިމއަދު ބޭއްވި އިހުތިޖާޖުގައި ވާހަކަ ދެއްކި އެ ރަށު ޒުވާނަކު ހާމަކުރި ގޮތުގައި ސަރުކާރުގެ އެއްވެސް އެއްބާރުލުމެއް އެ މަސައްކަތުގައި ހޮޅުދޫގެ ރައްޔިތުންނަށް ނުލިބެއެވެ. އެގޮތުން ހޮޅުދޫ ކައުންސިލްގެ ރައީށް ރައްޔިތުންނާ ދައްކާފައި ހުރި ވާހަކަތަކަށާ އަދި މަޖިލީހަށް ވެއްދި ކުއްލި މައްސަލަ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ބޭރުކޮށްލިއިރު ރައީސުލްޖުމްހޫރިއްޔާއަށް އެކަން ނޭނގި އޮންނާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް އެ ޒުވާނާ ވަނީ ބުނެފައެވެ.

އެ ޒުވާނާ ތުހުމަތު ކުރި ގޮތުގައި ރައީސް މުހައްމަދު މުއިއްޒު އެކަމުގައި ދެއްވަނީ ބީރު ކަންފަތެކެވެ. އަދި ކޮމިޝަންތައް އުފައްދާ ފުލުހުންނާނ މެދު ފިޔަވަޅު އަޅަން ޖެހެނީ ވަކި މައްސަތަކެއްގައި ކަމުގައި ވެގެން ނުވާނެ ކަމަށާ ހޮޅުދޫ ރައްޔިތުންގެ އަޑު ރައީސުލްޖުމްހުރިއްޔާއަށް އިވިވަޑައިނުގަންނަވަނީ އެ ރައްޔިތުން މާލޭގެ މަގުތަކުގައި އިހުތިޖާޖު ނުކުރާތީ ކަމަށް ބުނެ ޒުވާނާ ވަނީ ރައީސް މުއިއްޒު އަމަލުކުރައްވަމުން ގެންދަވާ ގޮތާ މެދު ވަރަށް ބޮޑަށް ފާޑުކިޔާ ނުުރހުން ފާޅުކޮށްފައެވެ.

އެ ޒުވާނާ ތުހުމަތު ކުރި ގޮތުގައި ހޮޅުދޫގެ ރައްޔިތުންގެ އަޑު ނީވެނީ ފުލުހުންގެ ގަޔަށް ބޮޮލަށް އަރާ ހަމަނުޖެހުން އިހުތިޖާޖުތަކުގެ ތެރެއިން ނުހިންގާތީ ކަމަށެވެ. އެހެންކަމުން އެ ހިސާބަށް ކަންކަން ނުދަނީސް ޒަކިއްޔާގެ މަރުގެ ކަންކަމުގައި އިންސާފު ހޮދައިދިނުމަށް އެ ޒުވާނާ ރައީސް އަިރހު އާދޭސް ދަންނަވާ ކަމަށް ވެސް ބުނެފައެވެ

ހޮޅުދޫގެ ހަމަޖެހުން ނަގާލީ ފުލުހުން ކަމަށް ބުނެ ފުލުހުން ބާއްވާ އެއްވެސް ހަރަކާތެއްގައި ރަށުގެ ރައްޔިތުން ބައިވެރިނުވުމަށް ނިންމާ ޕެޓިޝަނެއްގައިވަނީ ސޮއިކުރަން ވެސް ފަށާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved