އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އައިމިނަތު މުނާ / އެޑިއުކޭޝަން މިނިސްޓްރީ
ހަބަރު
ރައީސްގެ ބަހާ އަމަލާ ދިމާނުވާތީ ޑެޕިއުޓީ މިނިސްޓަރަކު އިސްތިއުފާދީފި
Mariyam Isaadha
މަރިޔަމް އިސާދާ
05 މޭ 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ބަހާ އަމަލާ ދިމާނުވާތީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރަކު އިސްތިއުފާދީފިއެވެ.

އެޑީއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުރި އައިމިނަތު މުނާ މަގާމުން އިސްތިއުފާދީ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވި ސިޓީގައި ވަނީ، ރިޔާސީ އިންތިހާބުގެ ދުވަސްވަރާއި އޭގެ ފަހުން ވެސް ރައީސް މުއިއްޒަކީ ބަހާއި އަމަލާ ދިމާނުވާ، އަދި ކަންކަން ރައްޔިތުންނަށް އޮޅުވައިލެއްވުމުގެ އިތުރުން، އިންތިހާއަށް އިތުރުފުޅު ހައްދަވާ ބޭފުޅެއްކަން ސާބިތުވެފައިވާ ކަމަށް ހާމަކޮށްފައެވެ.

މީގެ އިތުރުން މުނާގެ ސިޓީގައި ވަނީ، އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީ، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ވިޔަފާރިއަށް ދަތިކޮށް، މުދާތައް ފޭރި، އެނާގެ އަގު ވައްޓައިލުމަށް މަސައްކަތް ކުރަމުންދާކަމަށް ތުހުމަތު ވެސް ކޮށްފައެވެ. އަދި އެއީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

ސިޔާމްއަކީ ރައީސް މުއިއްޒަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށް ދެވަނަ ބުރުގައި ޚަރަދުކުރެއްވި ބޭފުޅެއް ކަމަށް ވެއެވެ. ނަމަވެސް އެ ކޯލިޝަން ރޫޅިފައިވާކަން ރައީސް ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ޕްރެންސް ކޮންފަރެންސްގައި ވިދާޅުވެފައެވެ.

މީގެ ދުވަސްތަކެއް ކުރިން އެމްޑީއޭއަށް ނިސްބަތްވާ ބައެއް ފަރާތްތަށް ސިޔާސީ މަގާމުތަކުން ވަކިކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved