February 22, 2026
Advertisement
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސް /  ބީބީސީ
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސް / ބީބީސީ / ބީބީސީ

ދަރަނި ނުދެއްކިދާނެ ގައުމުތަކަށް ދޭ ރޭޓިން މޫޑީސް އިން އަނެއްކާވެސް ރާއްޖެއަށް ދީފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
May 16, 2025, 05:58 PM
މާލެ ސިޓީ

މާލީ ހާލަތު ދަށް އަދި ދަރަނި ނުދެއްކިދާނެ ފަދަ ހާލަތެއް އޮންނަ ގައުމުތަކަށް ދޭ ރޭޓިން ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސް އިން ރާއްޖެއަށް ދީފި އެވެ.

Advertisement

ސީއޭއޭ-2 އަކީ މާލީ ހާލަތު ދަށް އަދި ދަރަނި ނުދެއްކިދާނެ ފަދަ ހާލަތެއް އޮންނަ ގައުމުތަކަށް ދޭ ރޭޓިންއެކެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތަށް ބަލާއިރު، ދަރަނި ބޮޑުވުމާ ގުޅިގެން ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން މީގެ ކުރިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީޒްއިން ވަނީ ރާއްޖޭގެ ރޭޓިން "ސީއޭއޭ2"އަށް ދަށްކޮށްފައެވެ. އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން "ސީސީ"އަށް ދަށްކޮށްފަ އެވެ.

އޭގެ ފަހުން އަނެއްކާ ވެސް މޫޑީޒްއިން ތައްޔާރުކޮށްފައިވާ ޕީރިއަޑިކް ރިވިއުއިން ދިވެހިރާއްޖޭގެ ރޭޓިން މިވަނީ "ސީއޭއޭ2"ގައި ދަމަހައްޓައިފަ އެވެ.

ރިވިއުގައި ފާހަގަކުރި ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ބޭރު ފައިސާގެ ރިޒާވް މަޑުމަޑުން އިތުރުވަމުން އައި ނަމަވެސް، ކުރިއަށް އޮތް މުއްދަތުގައި ބޮޑެތި ދަރަނިތައް އަދާކުރަން ޖެހުމަކީ ރާއްޖެއާ މެދު އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

އެމެރިކާގެ އިގްތިސާދީ ސިޔާސަތުތަކާ ގުޅިގެން ބާޒާރުތަކުގެ ހާލަތު ބަދަލުވަމުން ދިއުމަކީ ރާއްޖެއަށް ބައިނަލްއަގްވާމީ މާލީ ބާޒާރުތަކުން ފައިނޭންސް ހޯދުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމެއްކަމަށް ފާހަގަކޮށްފައިވެ އެވެ.

މޫޑީސްއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި 2026 ވަނަ އަހަރު އަދާކުރަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ފަދަ ބޮޑެތި ދަރަނިތައް އަދާކުރުމަށް ނުވަތަ އަލުން ފައިނޭންސްކުރުމަށް ނުވަތަ ރީފައިނޭންސް ކުރެވޭކަން މިހާރުއްސުރެ ކަށަވަރުކުރުން ކޮންމެހެން މުހިންމެވެ. 

ކްރެޑިޓް ރޭޓިން ދަށްވުމަކީ އިންވެސްޓަރުންނަށް އޮތް ރިސްކު ބޮޑުކަން އަންގައިދޭ އިންޑިކޭޓާއެކެވެ. މިއީ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކޭ ހާލަތަށް އިގުތިސާދު ގޮސްދާނެ ކަމަށް ބެލެވޭ އިންޒާރެކެވެ. އޭގެ އިތުރުން، ރޭޓިން ދަށްވުމުން އިންވެސްޓަރުންގެ ކޮންފިޑެންސް ވެސް ރާއްޖެއަށް ގެއްލޭނެ އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ބޭރު އިންވެސްޓުމަންޓު ގެނައުން ވާނީ ބޮޑު ގޮންޖެހުމަކަށެވެ



ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved