theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މުހައްމަދު އިހުސާން / ރާއްޖެއެމްވީ
ހަބަރު
ތައުލީމީ ދާއިރާ ކުރިއެރުވުމަށް ރަނގަޅު ސިޔާސަތެއް ނެތް
Mariyam Ibrahim
މަރިޔަމް އިބްރާހިމް
25 މޭ 2025
މާލެ ސިޓީ

އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތައް މިސަރުކާރާއި އެކުވީ މަދު ކަމަށް އެމްޑީޕީ ސަރުކާރުގެ އެޑިއުކޭޝަންގެ ޑެޕިއުޓީ މިިނިސްޓަރު އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަަވަމުން އިހުސާން ވިދާޅުވީ ތައުލީމީ ދާއިރާ ކުރިއެރުވުމަށް މިސަރުކާރުގައި ރަނގަޅު ސިޔާސަތެއް ނެތް ކަމަށާއި ރައްޔިތުންނާ ގުޅުންހުރި ނިންމުންތައް ނިންމުމުގައި ވެސް ރައްޔިތުންނަށް ފައިދާހުރި ރަނގަޅު ގޮތްތައް ނުބަލާ ކަމުގައެވެ.

މި ސަރުކާރުގައި ތައުލީމީ ދާއިރާގެ ކުރިއެރުވުމަށްޓަކައި 2 ޖޫން 2024 ގައި އިފްތިތާހްކުރި ކޫލް ސްކޫލް ޕްރޮޖެކްޓްއާ ގުޅިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު ދައްކަވާ ވާހަކަފުޅުތަކާއި، އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއުގެ ދެއްކެވި ވާހަކަތައް ދިމާނުވާ ކަމުގައިވެސް އިހްސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން ހާސިލްކުރަން އުޅެނީ ކޮން ކަމެއްކަން ނޭގޭ ކަމަށާއި، އަދި ކުރިއަށް އޮތްތަނުގައި މިޕްރޮޖެކްޓް ކުރިއަށް ދާނެ ގޮތާއި މެދު ބެލެނިވެރިންނާއި އަދި ސްކޫލުތަކުންވެސް ވަނީ ސުވާލު އުފެދިފައި ކަމަށެވެ. އަދި މިއާއެކު މިސަރުކާރުން ތައުލީމީ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރަމުންދަނީ އެއްވެސް ޕްލޭނެއް ނެތި ކަމަށެވެ.

މިދިޔަ އަހަރުގައި ސްކޫލުތައް އޭސީ ކުރުމުގެ ޕްރޮޖެކްޓް ދެއަހަރެއްހާ ދުވަހުން ނިންމާނެ ވާހަކަ ބުނެފައި ވާއިރު، އަނެއްކައި ބުނެފައިވަނީ މިއަހަރު ސެޕްޓެންބަރާއި ހަމައަށް މި ޕްރޮޖެކަތް ނިމޭނެ ކަމުގައެވެ. ނަމަވެސް ސަރުކާރުން އޭގެފަހުން ބުނެފައި ވަނީ މިވަގުތު 3000 ކްލާހެއްގެ މަސްއަކަތް ޕެންޑިން ގައި ހުރި ކަމުގައެވެ. މި ޕްރޮޖެކްޓާއި މެދު ދިވެހި ރައްޔިތުންވެސް މިހާރު ސުވާލު އުފެދޭ ކަމުގައި ވެސް އެބޭފުޅާ ވަނީ ވިދާޅުވެފަ އެވެ.

އެއްދަންފަޅިއަށް ސްކޫލުތައް ބަދަލު ކުރުމުގެ މަސައްކަތާއި ގުޅޭ އަމަލީ ސިފައެއް ނުފެންނަކަމަށް އެބޭފުޅާވަނީ ވިދާޅުވެފަ އެވެ

ހަމައެކަނި މާލޭގެ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލު ކުރުމަކީ ވެސް ވަރަށް އުދަނގޫމަސައްކަތެއް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޝަފީއު ވިދާޅުވެފައިވާ ކަމަށާއި އަދި އެމަސައްކަތް ކުރުމަށް މިސަރުކާރުގެ ހެޔޮ ނިޔަތެއް ނެތް ކަމުގައި އިހުސާން ވަނީ ވިދާޅުވެފަ އެވެ.

މި ސަރުކާރުގައި ސްކޫލުތައް އެއްދަންފަޅިއަށް ބަދަލު ނުކުރުންމީ ބެލެނިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?