March 10, 2026
Advertisement
ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލްއުސްތާޛު އަލީ ހުސައިން
ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލްއުސްތާޛު އަލީ ހުސައިން / ތޭރަ އޮންލައިން

ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމުގެ ވައުދު ފުއްދުމަށް ސަރުކާރުން އެއްވެސް ކަމެއް ކުރާތަނެއް ނުފެނޭ: އަލީ ހުސެއިން

Qudhrathullah Ameen
ގުދުރަތުﷲ އަމީން
May 26, 2025, 05:02 PM
މާލެ ސިޓީ

މޮރިޝަސްއަށް ޗާގޯސް ކުރީ ސަރުކާރުން ވިއްކާލީކަމަށް ބުނެ އަޑު އުފުލަމުން އެ ސަރަހައްދު އަނބުރާ ހޯދާނެ ކަމަށް ބުނެ ވެރިކަމަށް އައިސް އެ ވައުދު ފުއްދުމަށް ސަރުކާރުން އެއްވެސް ކަމެއް ކުރާތަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުސެއިން ވިދާޅުވެއްޖެ އެވެ.

Advertisement

އަލީ މިފަދައިން ވިދާޅުވިއިރު ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން ނިންމައި އެކަމަށް އެމެރިކާ ތާއީދުކޮށް، އެކުލަވާލި އެއްބަސްވުމުގައި މި ނިމުނު ހަފްތާގައި ވަނީ ސޮއިކޮށްފަ އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތުން އެއްބަސްވީ މިދިޔަ އޮކްޓޯބަރުގަ އެވެ. އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން އެއްބަސްވީ އދ. އިން އެދެމުންދާތާ އެތައް އަހަރެއް ފަހުންނެވެ. އެގޮތަށް އެކަން ކުރުމަށް އަންގާ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އެޑްވައިޒަރީ އޮޮޮޕީނިއަންއެއް ދީފަ އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން ނިންމުމާއެކު، އެކަމަށް ގޮންޖަހައި ދިވެހި ސަރުކާރުން ވަނީ އިނގިރޭސި ސަރުކާރަށް "ސިއްރު ސިޓީއެއް" ފޮނުވާފަ އެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮންނަ ޗާގޯސް ރަށްތަކުގެ ކޮންޓްރޯލް މޮރިޝަސްއާ ހަވާލުކުރުމަށް ނިންމި އިރުވެސް މި ސިޓީގެ ޖަވާބެއް ރައީސް މުއިއްޒުގެ ސަރުކާރަކަށް އަދި ނުލިބެ އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފައެވެ.

އަދި މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބައިކޮށްފަ އެވެ.

އަލީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ދެކުނުން ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމުގެ ވައުދާއެކު އައި ސަރުކާރުން އެ ސަރަހައްދު އަލުން އަނބުރާ ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރާތަނެއް ނުފެންނަ ކަމަށެވެ.

ރައީސް ޔާމީން ވެސް ރޭވަނީ ޗާގޯސް ސަރަހައްދު އަނބުރާ ހޯދާނެ ކަމަށް ބުނެ ވެރިކަމަށް އައިސް އެ މަސައްކަތްނުކުރާތީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ނުރުހުން އަމާޒުކުރައްވައިފަ އެވެ.

އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމާއިއެކު ގެއްލުނު ކަނޑު ހޯދުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށްވާއިރު، ޗާގޯސް މައްސަލަ ކުރިއަށްގެންދަން ސަރުކާރުން ކޮމިޓީއެއް ވެސް މީގެ ކުރިން އެކުލަވައިލި އެވެ. ނަމަވެސް އެ ކޮމީޓީ ގެ މަސައްކަތް ވެސް އޮތީ ވާނުވާ ގައި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved