
މާލެ ސިޓީ ކައުންސިލް އޮޑިޓް ނުކުރެވިގެން އުޅޭ ސަބަބާއި މެދު ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ސުވާލު އުފައްދަވާފި އެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މިއަދާ ހަމައަށް އައި އިރުވެސް މާލެ ސިޓީ ކައުންސިލް އޮތީ އޮޑިޓް ނުކޮށްކަމަށް މަލީހުގެ ޕޯސްޓުގައި ފާހަގަ ކުރެއްވިއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ހިންގާފައިވާ ހުރިހާ ޖަރީމާއެއް ރައްޔިތުންނަށް ތިލަވެގެން ދާނީ ކައުންސިލުގެ ފުރިހަމަ އޮޑިޓެއްކޮށް އެ ރިޕޯޓު ރައްޔިތުންނަށް ހާމަ ކުރުމުންކަމަށް މަލީހު ފާހަގަ ކުރެއްވި އެވެ.
އަދި މިހާރު މާލެ ސިޓީ ކައުންސިލްގެ އޮޑިޓެއް ނުކުރެވިގެން އުޅޭ ސަބަބާއި މެދު ސުވާލު އުފައްދަވާ ހާމަ ނުކުރެވިގެން އުޅޭ ސަބަބުންވެސް ވީހާވެސް އަވަހަކަށްް ރައްޔިތުންނަށް ތިލަ ކޮށްދިނުމަށް މަލީހުވަނީ ގޮވާލާފަ އެވެ.










