April 15, 2026
Advertisement
އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ: ޕާކިސްތާނުން ހަމަލާދީ އިންޑިއާގެ "ރަފޭލް" މަރުކާގެ ފައިޓާ ޖެޓެއް ވައްޓާލި ކަމަށް އިއްޑިއާއިން އެއްބަސް ވެއްޖެ. --
އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ: ޕާކިސްތާނުން ހަމަލާދީ އިންޑިއާގެ "ރަފޭލް" މަރުކާގެ ފައިޓާ ޖެޓެއް ވައްޓާލި ކަމަށް އިއްޑިއާއިން އެއްބަސް ވެއްޖެ. -- / އޭއެފްޕީ

ޕާކިސްތާނުން އިންޑިއާގެ ޖެޓުތައް ވައްޓާލި ކަމަށް އެންމެ ފަހުން އިންޑިއާ އިން އެއްބަސްވެއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 1, 2025, 12:48 AM
މާލެ ސިޓީ

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިހާރު އުފެދިފައި އޮތް ނުތަވަސްކަމުގެ ތެރޭގައި މިފަހުން ހިނގި އަސްކަރީ ކުރިމަތިލުމުގައި ޕާކިސްތާނުން އިންޑިއާގެ ޖެޓުތައް ވައްޓާލި ކަމަށް އެންމެ ފަހުން އިންޑިއާ އިން އެއްބަސްވެއްޖެ އެވެ.

Advertisement

އިންޑިއާއިން އިސްވެ ޕާކިސްތާނަށް ހަމަލާދޭން ފެށިތާ 24 ގަނޑިއިރު ނުވަނީ ޕާކިސްތާނުން ވަނީ އިންޑިއާގެ 5 ޖެޓް ވައްޓާލިކަން އިއުލާން ކޮށްފަ އެވެ.

އެއީ "ރަފޭލް" މަރުކާގެ ފައިޓާ ޖެޓްތަކެއް ކަމަށް އެއިރު މީޑިއާތަކުން ވެސް ދުނިޔޭގެ ބޮޑެތި ރިޕޯޓްކުރި އެވެ.

ޕާކިސްތާނުގެ އަސްކަރީ މަސްދަރުތަކުން ފަހުން ބުނީ އިންޑިއާގެ ވައިގެ ސިފައިންގެ ފަސް ޖެޓާއި އެއް ޑްރޯން ދިފާއުގައި ވައްޓާލި ކަމަށާއި، ވައްޓާލި ޖެޓްތަކުގެ ތެރޭގައި ތިން ރާފަލް ޖެޓް – ފްރާންސްގައި އުފެއްދި ތަޖުރިބާކާރު މަލްޓި ރޯލް ފަޔަރ މަތިންދާބޯޓު ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ވައްޓާލި ޖެޓުތަކުގެ ތެރޭގައި މިގް-29 އާއި އެސްޔޫ-30 ހިމެނެ އެވެ.

މި ވާހަކަތަކާއި ގުޅިގެން މިއަދާ ހަމައަށް ވެސް އިންޑިއާ އިން އައީ ޕާކިސްތާނުގެ ހަމަލާއެއް ލިބި އިންޑިއާގެ އެއް ވެސް ޖެޓެއް ހަލާކުވެފައި ނުވާކަމަށް ބުނެ އޮޅުވާލަމުން ނެވެ.

ނަމަވެސް އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މި މަހު ކުރީކޮޅު ހިނގި ވަރުގަދަ ކުރިމަތިލުމުގައި ޕާކިސްތާނުން އިންޑިއާގެ ޖެޓްތަކެއް ވައްޓާލި ކަމަށް ބުނާ ވާހަކަ އަކީ ތެދެއް ކަމަށް ބްލޫމްބާގް އަށް ދެއްވި އިންޓަވިއުއެއްގައި އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް އަނިލް ޗައުހާން މިއަދު ވަނީ އެއް ބަސްވެފައި އެވެ.

ޖެޓްތަކެއް ވެއްޓުނު ނަމަވެސް އަޅުގަނޑަށް ހީވަނީ، މުހިންމީ ވައްޓާލި ޖެޓްތަކުގެ އަދަދެއް ނޫންހެން. އެކަމަކު ޖެޓްތައް ވެއްޓުނު ސަބަބު ހޯދުން މުހިންމު

އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް އަނިލް ޗައުހާން

އިންޑިއާގެ ދެ ޖެޓް ވައްޓާލި ކަމަށް ޕާކިސްތާނުގެ ދައުލަތުގެ މީޑިއާއިން ވެސް ބުނެފައި ވާއިރު މި ވާހަކަތަކަށް އިންޑިއާ ސަރުކާރުން އަދި ޖަވާބެއް ނުދެ އެވެ.

ޕާކިސްތާންގެ ޑިފެންސް މިނިސްޓަރު ހުވާޖާ މުހައްމަދު ވިދާޅުވީ އިންޑިއާ އިން ހަމަލާތައް ދެމުންދާ ނަމަ، ޕާކިސްތާން ފަހަތަށް ނުޖެހޭނެ ކަމަށާއި ރައްދު ހަމަލާތައް ދިނުމުގެ ސާބިތުވެ ތިބޭނެ ކަމަށެވެ.

އިންޑިއާއާއި ޕާކިސްތާނާ ދެމެދު މިފަހުން ފެށުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދެ ގައުމުން އާދެވުނުއިރު ޕާކިސްތާނުން އޮތީ ހަނގުރާމައިގައި ކުރި ހޯދާ މޮޅުވެފައި ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވެސް މިފަހުން ވަނީ ވިދާޅުވެފައި އެވެ.

ޕާކިސްތާނުން ރައްދުގައި އިންޑިއާއަށް ހަމަލާދިނީ ވަރަށް ދުވެލި ބާރު މިސައިލްތަކަކުން ކަމަށް ބުނެ އިންޑިއާއިން މިފަހުން ވަނީ ޝަކުވާކޮށްފަ އެވެ.އަދި ޕާކިސްތާނުގެ ނިއުކްލިއާ ހަތިޔާރު އދ.ގެ ނިއުކްލިއާ އެޖެންސީގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ކަމަށް ވެސް އިންޑިއާއިން ވަނީ ބުނެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved