February 23, 2026
Advertisement
މުއިއްޒު ސަރުކާރުން ތަރައްގީގެ ޕްރޮޖެކްޓުތަކަށް ކުރި ހަރަދު ދަށަށް ގޮސްފި
މުއިއްޒު ސަރުކާރުން ތަރައްގީގެ ޕްރޮޖެކްޓުތަކަށް ކުރި ހަރަދު ދަށަށް ގޮސްފި / ރައީސް އޮފިސް

މުއިއްޒު ސަރުކާރުން ތަރައްގީގެ ޕްރޮޖެކްޓުތަކަށް ކުރި ހަރަދު ދަށަށް ގޮސްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 21, 2025, 06:10 PM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވިފަހުން ރައްޔިތުންގެ ތަރައްގީއަށް ހިންގަމުން އަންނަ ޕްރޮޖެކްޓުތަކަށް ކުރާ ހަރަދު ދަށްވެއްޖެ ކަން ހާމަވެއްޖެ އެވެ.

Advertisement

ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން މިއަހަރު ޖުމްލަ 20.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާއި އަޅާބަލާއިރު 8.7 އިންސައްތަ ދަށް އަދަދެކެވެ.

ދައުލަތުގެ ޚަރަދު ދަށްވެފައިވީއިރު، ރައްޔިތުންގެ އުންމީދުތައް ގުޅިފައިވާ ތަރައްގީގެ ޕްރޮޖެކްޓުތަކަށް ކުރި ހޭދަ ބޮޑު ތަނުން ދަށެވެ. ނަމަވެސް މުސާރައަށް ކުރި ހޭދަ ވަނީ މަހުން މަހަށް އިތުރުވެފައެވެ.

ރާއްޖޭގެ ތަރައްގީ ހުއްޓި ރައްޔިތުން ސަރުކާރު ކުންފުނިތަކުގެ ވަޒީފާތަކުން ވަކިކުރަމުން އަންނާތީ ބައެއް ރަށްރަށުގައި މިފަހުން ވަނީ މުޒާހަރާ ވެސް ކޮށްފައި އެވެ.

މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެސް މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހޭދަކޮށްފައި ވަނީ 1.5 ބިލިއަން ރުފިޔާ އެވެ.

ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ނުހިނގާ ކަމުގެ ކަންބޮޑުވުމަކީ މި ސަރުކާރު އައުމަށްފަހު ވެސް މިއަދާ ހަމައަށް ވެސް އޮތް ކަންބޮޑުވުމެކެވެ. މިކަމަށް ދޭނެ ޖަވާބެއް ސަރުކާރު އަތަކު ނެތެވެ.

ނަމަވެސް ސަރުކާރުގެ ސިޔާސީ މުވައްޒަފުންނަށް ކުރާ ހަރަދު އިންތިހާއަށް ބޮޑުކަމުން ބޭރުގެ މާލީ އިދާރާތަކުން ވެސް ވަނީ ސިޔާސީން މަދުކޮށް ދައުލަތަށް އާމްދަނީއެއް ލިބޭނެ ކަމެއް ކުރުމަށް ލަފާދީފައި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved