February 23, 2026
Advertisement
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް، ސްޕެއިނަށް ފުރާވަޑައިގަތުމަށް މަތިންދާބޯޓަށް އަރަނީ.--
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް، ސްޕެއިނަށް ފުރާވަޑައިގަތުމަށް މަތިންދާބޯޓަށް އަރަނީ.-- / ރައީސް އޮފިސް

ކޮންފަރެންސް ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ސްޕެއިނަށް ފުރާވަޑައިގެންފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 27, 2025, 06:19 PM
މާލެ ސިޓީ

ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓްގެ، ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ސްޕެއިނަށް ފުރާވަޑައިގެންފި އެވެ.

Advertisement

ރައީސް އޮފީހުން ބުނީ އަންނަ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް މިއަދު ހެނދުނު ސްޕެއިނަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.

އެ ކޮންފަރަންސްގެ އިފްތިތާހީ ދަންފަޅީގައި ބައިވެރިވެވަޑައިގެން، ޕްލެނަރީ ބައްދަލުވުމުގައި އެ މަނިކުފާނު ބަޔާނެއް އިއްވެވުމަށް ތާވަލު ކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ކޮންފަރެންސަކީ މާލީ އިސްލާހާމެދު މަތީ ފަންތީގެ މަޝްވަރާތައް ކުރުމަށް ސަރުކާރުތަކާއި، ބައިނަލްއަޤުވާމީ ސަރަޙައްދީ ޖަމިއްޔާތަކާއި، ވިޔަފާރީގެ މުވައްސަސާތަކާއި މަދަނީ ޖަމާޢަތްތަކާއި، އދ.ގެ ގުނަވަންތައް އެއް ތަނަކަށް ގެނެސްދޭ މުހިންމު ކޮންފަރެންސްއެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved