theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ފިނޭންސް މިނިސްޓަރު ޒަމީރުއާ ރައީސް މުއިއްޒު / ރައީސް އޮފިސް
ހަބަރު
ކުންފުނިތަކަށް ބަޖެޓު ކުރި ވަރަށް ވުރެ ދެ ގުނަ އިތުރަށް ފައިސާ ދޫކޮށްފި
Mariyam Isaadha
މަރިޔަމް އިސާދާ
29 ޖޫން 2025
މާލެ ސިޓީ

ސަރުކާރު ކުންފުނިތަކަށް ބަޖެޓު ކުރި ވަރަށް ވުރެ ދެ ގުނަ އިތުރަށް ފައިސާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި އަހަރުގެ މިހާތަނަށް ދޫކުރި ފައިސާ، މި އަހަރަށް ބަޖެޓު ކުރި ވަރަށް ވުރެ ދެ ގުނަ ވަނީ އިތުރުވެފައެވެ.

އެގޮތުން ނިމުނު ހަފުތާގައި އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާ ގޮތުގައި، މި މަހުގެ 18، ގެ ނިޔަލަށް އިންވެސްޓްމަންޓުގެ ގޮތުގައި 886 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މި ހަރަދުތައް ކުރިއިރު، އިންވެސްޓުކުރަން މުޅި އަހަރަށް ބަޖެޓުކޮށްފައިވަނީ 378 މިލިއަން ރުފިޔާއެވެ.

ސަރުކާރު ކުންފުނިތަކަށް ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ހަރަދު ކުރަން ޖެހިފައިވާ އެއް ސަބަބަކީ، ސަރުކާރުން ރޭވި ގޮތަށް ސަރުކާރު ކުންފުނިތައް ރިފޯމްކުރުމުގެ މަސައްކަތް ކުރިއަށް ނުދާތީއެވެ. މިއީ މި އަހަރުގެ ބަޖެޓުގައި ހަރަދު ކުޑަކުރުން ކަނޑައެޅި ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އަދި ސަރުކާރުގެ ހޯމް ގްރޯން ރިފޯމް އެޖެންޑާގައި ހިމެނޭ މުހިންމު މަސައްކަތެކެވެ.

ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި އަހަރުގެ މިހާތަނަށް ދޫކުރި ފައިސާ، މި އަހަރަށް ބަޖެޓު ކުރި ވަރަށް ވުރެ ދެ ގުނަ އިތުރުވެފައިވީ ނަމަވެސް އެ ފައިސާއަކީ އެގޮތަށް ދޫކުރެވޭނެ ފައިސާ ނޫންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved