theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އާޒިމް / މާލެ ސިޓީ ކައުންސިލް
ހަބަރު
ރައީސް މުއިއްޒު މަސް މާރު ކޭޓު ހަވާލުކުރީ، 9.6 މިލިއަން ޑޮލަރަށް، އެއީ ނުވެސް ދެވޭނެ އަދަދެއް: އާޒިމް
Mariyam Isaadha
މަރިޔަމް އިސާދާ
20 އޯގަސްޓު 2025
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް އިންތިހާބުވެވަޑައިގެންނެވި ފަހުން، ޓްރާންސްިޝަން ޕީރިއަޑްގެ ތެރޭގައި އަވަސް އަރުވާލައިގެން މަސް މާރުކޭޓު ހަވާލުކޮށްފައިވަނީ 9.6 މިލިއަން ޑޮލަރަށް ކަމަށްމާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 208ވަނަ ޖަލްސާގައި އާޒިމް ވަނީ މަސް މާރުކޭޓު މަޝްރޫއުގެ ފަހުގެ އަދާހަމަތަކެއް ހިއްސާކުރައްވާ އާޒިމް ވިދާޅުވީ، މަސް މާރުކޭޓު ހަދަން މާލޭ ސިޓީ ކައުންސިލުން ދެ އެއްބަސްވުމެއް ހަދާފައި އެބައޮތް ކަމަށާއި އޭގެ ތެރެއިން ފަހު އެއްބަސްވުން ހަދާފައި އޮތީ ކާކު ނިންމައިގެން ކިހިނެއް ކަމެއް ވެސް ނޭނގޭ ކަމަށެވެ.

މަޝްރޫއު ނުފެށިގެން އުޅެނީ ބޮޑު "އޮޅުންބޮޅުން ގަނޑެއްގެ" ތެރޭގައި އޮތުމުންކަން ވެސް އާޒިމް ފާހަގަކުރައްވާފައިވެއެވެ.

އެގޮތުން، މަސް މާރުކޭޓު ހަދަން ދެވަނަ ބަޔަކަށް ހަވާލުކޮށްފައިވަނީ ކުރީގެ މޭޔަރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަަމަށް އިންތިޚާބުވި ފަހުން ކަމާ އެ އެއްބަސްވުމުގައި ސޮއިކޮށްފައި އޮތީ ސިޓީ ކައުންސިލްގެ ލީގަލް ކައުންސެލް އަލީ ނަސީރު ކަން ވެސް އާޒިމް ފާހަގަކުރެއްވިއެވެ. އެހެންކަމުން ކަން ހިނގާ ދިޔަ އޮޅުން ފިލުވައިދީ އެއީ ކާކުގެ އަމުރަކަށް ނިންމި ނިންމުމެއްކަން ވެސް ހާމަކޮށްދިނުމަށް ބަޔާންކޮށް އޭނާއަށް ސިޓީއެއް ފޮނުވާފައިވާނެކަން ވެސް އާޒިމް ފާހަގަކުރެއްވިއެވެ.

ދެވަނަ ކޮންޓްރެކްޓަށް އެންޓާވީ ސަބަބަކީ ކޮބައިތޯ އަޅުގަނޑަށް ކިޔައިދޭން އަޅުގަނޑު މެމޯއެއް ފޮނުވާފައި އޮންނާނެ، ސޮއިކޮށްފައި އޮތް ފަރާތަށް. ކިހިނެއް، ކޮން ހަމައަކުން ސޮއިކުރެވުނު އެއްޗެއްތޯ؟ ކާކު ބުނެގެންތޯ؟ ކޮން ނިންމުމެއް ނިންމައިގެންތޯ؟ ބިޑު ކޮމިޓީން ނިންމި ނިންމުންތައް ކޮބާތޯ؟

- އާޒިމް ވދާޅުވިއެވެ.

އާޒިމު އިތުރަށް ވިދާޅުވީ، 9.6 މިލިއަން ޑޮލަރަށް މަސް މާރުކޭޓު މަޝްރޫއު ހަވާލުކުރިއިރު އެ ފައިސާއަކީ ސިޓީ ކައުންސިލަށް ދެއްކެން އޮތް ފައިސާއެއް ވެސް ނޫން ކަމަށެވެ.

ރޯމަސް މާރުކޭޓު ހަވާލުކޮށްފައި ވަނީ ލ.ފޮނަދޫ މީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އެފްޖޭ ޑިޒައިން ކިޔާ ކުންފުންޏަކާއެވެ.

މި ކުންފުންޏަށް ދޭން ބިޑު ކޮމިޓީން ނިންމީ މަހަކު 130،000ރ އަށް ކަމަށާއި ނަމަވެސް އެއްބަސްވުން ހެދީ މަހަކަށް 70،000ރ. ކަމަށް ކުރިން އާޒިމް ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved