May 25, 2026
Advertisement
--
-- / ގެޓީ އިމޭޖަސް

ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ހަމްދޫން ހަމީދު އައްޔަނުކޮށްފި

Sudha Latheef
ސުދާ ލަތީފް
Aug 26, 2025, 08:07 PM

ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރުގެ އެޑްވައިޒަރަކަށް ކުރިން ސަރުކާރުތަކުގައި އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ހަމްދޫން އަބްދުﷲ ހަމީދު އައްޔަނުކޮށްފި އެވެ.

Advertisement

ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީގެ މީޑިއާ އިން މައުލޫމާތު ދޭ ގޮތުގައި ހަމްދޫން ހަމީދު އައްޔަނުކުރީ ޕްލޭނިން މިނިސްޓްރީއާ ގުޅޭ ކަންކަމުގައި ޒަމީރަށް ލަފާދެއްވުމަށް ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން ތަންފީޒު ކުރެއްވުމަށްޓަކައި ހަމްދޫން ހަމީދު މަސައްކަތް ކުރައްވާނެ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން ރައީސް އޮފީހުން މިހާތަނަށް ބަހެއް ލިބިފައެއް ނުވެ އެވެ. އަދި ރައީސް އޮފީހުގެ ވެބްސައިޓުން ވެސް ހަމްދޫންގެ ނަން ފެންނާކަށް ނެތެވެ.

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރުކަން ކުރިން ކުރެއްވި ހަމްދޫން ހަމީދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޕްލޭނިން މިނިސްޓަރުގެ މަގާމު ފުރުއްވާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved