February 24, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މާލީ ރިޕޯޓް ހާމަނުކުރާތާ މަހެއްވާން ކައިރިވަނީ!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 30, 2025, 11:08 PM
މާލެ ސިޓީ

ރާއްޖޭގެ މާލީ ވުޒާރާއިން ކޮންމެ ހަފްތާއަކު ނެރެމުން އަންނަ މާލީ ރިޕޯޓް ނެރުން އަނެއްކާވެސް މެދުކެނޑި މާލީ ހިސާބުތައް ހާމަނުކުރާތާ މަހެއް ވާން ކައިރިވެއްޖެއެވެ.

Advertisement

އެ ވުޒާރާއިން އެންމެ ފަހުން މާލީ ބަޔާން ނެރެފައިވަނީ 14 އޮގަސްޓް 2025 ގައެވެ. އޭގެ ފަހުން ވޭތުވެދިޔަ ތިން ހަފުތާގައި ދައުލަތަށް ލިބުނު ފައިސާ އާއި ކުރި ހަރަދުތަކުގެ ތަފުސީލު ހާމަކޮށްފައިނުވެއެވެ.

މިއީ މީގެ ކުރިން ހަފުތާއަކު އެއްފަހު ނެރުމުން އައި މާލީ ބަޔާންތައް ހާމަކުރުން މި ސަރުކާރުން ހުއްޓާލި ފުރަތަމަ ފަހަރެއް ނޫނެވެ. ނަމަވެސް މި ފަހުން އެކަން ރަނގަޅުކޮށް ވޭތުވެދިޔަ ދެތިން މަސް ދުވަހު އެ ހިސާބުތައް އުސޫލުގެ ތެރެއިން ނެރުމުން ގޮސްފައިވާއިރު މިފަހުން މިއީ މާލީ ހިސާބުތައް ހާމަކުރުން ހުއްޓާލި ދެވަނަ ފަހަރުކަން ފާހަގަކުރެވެއެވެ.

މިއިން ކޮންމެ ފަހަރަކުވެސް ނޫސްވެރިން މިކަން ރައްޔިތުންނާއި ހަމައަށް ގެނައުމުން އަނެއްކާވެސް މާލީ ބަޔާންތައް އާންމުކުރަން ސަރުކާރުން ފަށާކަންވެސް ފާހަގަކުރެވެެއެވެ. މި ސަރުކާރަކީ ހުރިހާ ކަމެއްވެސް ރައްޔިތުން ޕްރެޝަރ ކޮށްގެން ނޭވާ ހޮޅިއަށް އެޅުމުން ނޫނީ މަސައްކަތް ނުކުރާ ސަރުކާރެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ.

ފިނޭންސުން އެންމެ ފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކާ ގޮތުގައި މި އަހަރުގެ 25 ވަނަ ހަފުތާ ނިމުނުއިރު، މި އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރި 39.7 ބިލިއަން ރުފިޔާގެ އާމްދަނީގެ ދެބައިކުޅަ އެއް ބަޔަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާ ކަން ހާމަކޮށްފައިވާއިރު ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދު ކުރީ އަހަރަށް ވުރެ ދަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved