theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / އަވަސް
ވިޔަފާރި
ލޯނު ދައްކަން ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ހަރަދުކުރިކަން ހާމަވެއްޖެ!
05 ސެޕްޓެމްބަރު 2025

ބަޖެޓު ކުރި 3.8 ބިލިއަން ރުފިޔާ ހުސްވުމުން ދަރަނިތައް އަދާކުރަން އިތުރަށް ފައިސާ ހަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކާގޮތުގައި އެ ހަފުތާގެ ނިޔަލަށް ލޯނުތައް ދައްކަން 3.9 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިއީ ބަޖެޓު ކުރި ވަރަށް ވުރެ 76 މިލިއަން ރުފިޔާ އިތުރު އަދަދެއްކަން ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ ބާކީ އަދި 20 ވަރަކަށް ހަފްތާ އޮތްއިރު، ލޯނު ދެއްކުމަށް ބަޖެޓުގައި ހިމެނުވި ބައި މިވަނީ ހުސްވެފައެވެ.

މި އަހަރުގެ ފަހު ކުއާޓަރުގައި ވެސް ލޯނުތަކަށް ފައިސާ ދައްކަން ޖެހޭނެ އެވެ. މިއީ އަހަރުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ އަދަދުތައް އެނގިގެން ބަޖެޓު ކުރާ އަދަދެއް ކަމުން ލޯނުތައް ދައްކަން އިތުރަށް ހަރަދުކުރަން ޖެހުނީ ކީއްވެކަން އަދި ސާފުވެފައިނުވެއެވެ.

މި އަހަރު ލޯނުތަކާއި ލޯނުތަކުގެ އިންޓްރެސްޓު ދައްކަން ބަޖެޓުކުރީ، 9.4 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ވޯލްޑް ބޭންކުން އަންދާޒާ ކުރާ ގޮތުގައި މި އަހަރުގެ ތެރޭގައި ލޯނާއި އިންޓްރެސްޓު ދައްކަން 15 ބިލިއަނަށް ވުރެ ގިނަ ރުފިޔާ (އެއް ބިލިއަން ޑޮލަރު) ހަރަދު ވާނެ ކަމަށެވެ. މިއީ އިންޑިއާއިން ނަގާފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީއަށް ފައިސާ ދައްކަން ޖެހޭތި އަންނަ އިތުރުވުމެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved