theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް / ރައީސް އޮފިސް
ވިޔަފާރި
މުއިއްޒުގެ ޕަޕެޓުންނަށް މުސާރަ ދިނުމަށް 9.4 ބިލިއަން ރުފިޔާ ހަރަދުކޮށްފި!
05 ސެޕްޓެމްބަރު 2025

މި އަހަރުގެ އޮގަސްޓް މަސް ނިމުނު އިރު މުސާރަ އާއި އުޖޫރަ އަށް 9.4 ބިލިއަން ޚަރަދު ކޮށްފި ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ އެންމެ ފަހުގެ ހަފްތާގެ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ހާމަ ވެއްޖެއެވެ.

އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީ 25.3 ބިލިއަން ރުފިޔާ ގައި ހުރިއިރު، ޚަރަދު 24.8 ބިލިއަން ރުފިޔާ އަށް އަރާފައިވެއެވެ.

ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 19.7 ބިލިއަން ރުފިޔާ އަށް އަރާފައި ވާއިރު، ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސްގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.4 ބިލިއަން ރުފިޔާ ރެކޯޑް ކުރެވިފައި ވަނީ މައިގަނޑު ގޮތެއްގައި ފީތަކާއި، ޗާޖުތަކާއި، ރިސޯޓު ކުލީގެ ސަބަބުންނެވެ.

ޚަރަދުގެ ގޮތުން ބަލާއިރު، ރިކަރަންޓް ޚަރަދު 21.7 ބިލިއަން ރުފިޔާ އަށް އަރާފައި ވަނީ މައިގަނޑު ގޮތެއްގައި މުސާރައާއި، އުޖޫރައާއި، ޕެންޝަންގެ ގޮތުގައި ޖުމްލަ 9.4 ބިލިއަން ރުފިޔާ ހޭދަކުރެވިފައިވާތީއެވެ. ނަމަވެސް، ކެޕިޓަލް ޚަރަދު ވަނީ، 3.1 ބިލިއަން ރުފިޔާގަ އެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރެވުނު 7.3 ބިލިއަން ރުފިޔާގެ ދެބައިކުޅައެއްބަޔަށް ވުރެ ދަށް އަދަދެކެވެ. މި ދަށްވުން އައިސްފައި ވަނީ މައިގަނޑު ގޮތެއްގައި އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކަށް ކުރާ ޚަރަދުތައް މަޑުޖައްސާލުމުގެ ސަބަބުންނެވެ.

މީގެއިތުރުން، ފާސްކުރެވިފައިވާ 12.4 ބިލިއަން ރުފިޔާގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިން ބޭނުން ކުރެވިފައި ވަނީ އެންމެ 3.9 ބިލިއަން ރުފިޔާއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved