February 23, 2026
Advertisement
މުއިއްޒު ގެމަނަފުށީގައި
މުއިއްޒު ގެމަނަފުށީގައި / ރައީސް އޮފިސް

ފިނޭންސް މިނިސްޓްރީގެ ސާކިޔުލާއާ ރައީސް މުއިއްޒު ޚިލާފްވެއްޖެ

Aishath Naja
އައިޝަތު ނަޖާ
Feb 27, 2024, 10:23 PM
މާލެ ސިޓީ

ޚަރަދުތައް ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ސާރކިޔުލާއެއް ނެރެފައި އޮއްވާ، ސާކިޔުލާއާ ޚިލާފްވެ ރައީސް ޑރ.މުހައްމަދު މުއިއްޒު ސިޔާސީ މަގާމްތަކަށް މީހުން އައްޔަންކޮށްފިއެވެ.

Advertisement

މައުލޫމާތު ލިބުންގޮތުގައި އައްޔަންކޮށްފައިވަނީ ޑެޕިޔުޓީ މިނިސްޓަރުންނާއި ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގައި ސާކިޔުލާއެއް އާންމުކޮށްފައެވެ.

ސާކިޔުލާގައި އެ މިނިސްޓްރީ އިން ބުނެފައިވަނީ ސަރުކާރުގެ އިދާރާއަކުން އާ މުވައްޒަފެއް ނަގާ ނަމަ އެކަން މިނިސްޓްރީއަށް ދުރާލާ އަންގަން ޖެހޭނެ ކަމަށާއި އަދި އެކަން ކުރިއަށް ގެންދެވޭނީ މިނިސްޓްރީން ހުއްދަ ދިނުމުން ކަމަށެވެ.

އަދި މުވައްޒަފުންގެ މުސާރައަށް ބަދަލު ނުގެނައުމަށާއި މިއަހަރުގެ ބަޖެޓުގައި ހިމަނާފައި ވީ ނަމަވެސް އިތުރު އާ އެލަވަންސެއް ނުދިނުމަށާއި އަދި މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމާއި މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ނުގެނައުމަށް ފިނޭންސް މިނިސްޓްރީ އިން ވަނީ ސަރުކާރުގެ އިދާރާތަކަށް އަންގާފައިވެއެވެ.

އޭގެ އިތުރުން ރަސްމީ ގަޑި ފިޔަވައި އިތުރު ގަޑީގައި ކޮންމެހެން ކުރަން ޖެހޭ މަސައްކަތް ފިޔަވައި އިތުރު މަސައްކަތެއް ނުކުރަން އެ މިނިސްޓްރީ އިން ވަނީ އެދިފައެވެ.

އެ މިނިސްޓްރީން ސާކިޔުލާގައި މިހުރިހާ ކަމެއް ނުކުރުމަށް އެދިފައިވަނިކޮށް ރައީސް މުއިއްޒު ވަނީ މަގާމްތަކަށް ފަރާތްތަކެއް އައްޔަންކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved