ރަމަޟާން މަހަށްފަހު މުސްލިމުން ރޯދަ ހިފުމަށް އެންމެ އިތުރުވެގެންވާ މަހަކީ މުޙައްރަމު މަސް ކަމަށާއި މުހައްމަރު މަހުގެ 10 ވަނަ ދުވަހަކީ އާޝޫރާ ދުވަސްކަން ފާހަގަކުރައްވަމުން އެ ދުވަހަކީ، ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށް ޚުތުބާގައި ފާހަގަކުރައްވައިފިއެވެ.
އަދި ޢާޝޫރާ ދުވަހަކީ، ފިރުޢައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވައި، ފިރުޢައުނާއި، އޭނާގެ ލަޝްކަރު ޣަރަޤުކުރެއްވި ދުވަސް ކަމަށާއި މިފަދަ ދުވަސްތަކުން ގިނަގުނަ އިބުރަތްތަކާއި ދަރުސްތައް ލިބިގެންދާ ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.
މި ފަދަ ޙާދިސާތަކުން އެނގިގެންދަނީ، މުޞީބާތްތަކުން ސަލާމަތް ވެވޭނީ، އީމާންކަމާއި އިސްލާމްކަމުން ކަމަށާއި އާޚިރަތުގައި ނަޞްރާއި ނަޞީބު ލިބުމުގެ މަގަކީވެސް އެއީ ކަމަށާއި އެހެންކަމުން މާތް ﷲ އަށް އިތުބާރުކޮށް، އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވެގެން މެނުވީ ދެ ދުނިޔޭގައި ވެސް ސަލާމަތެއް ނެތްކަމަށް ވަނީ ގޮވާލާފައެވެ.ހަމައެއާއެކު ފަސާދަ އާއި ދެކޮޅަށް ތެދުވާން ޖެހޭ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
އާޝޫރާ ދުވަހުގެ ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުށްފާފަތައް، މާތް الله ފުއްސަވައިދެއްވާނެ ޢަމަލެއް ކަމުގައި އުއްމީދު ކުރައްވާ ކަމަށް ކީިރިތި ރަސޫލާ ހަދީސްކުރައްވާފައިވެއެވެ. އަދި އެ ދުވަހު ރޯދަ ހިފުމުން ތިން ދަރަޖަ އިތުރުވެގެންދާ ކަމަށް އެކަލޭގެ ފާނު ވަނީ ހަދީސްކުރައްވާފައެވެ.
ޚުތުބާގައި ވިދާޅުވީ މާތްﷲއަށް ޖަވާބުދާރީ ވާންޖެހޭ ދުވަހެއް އަންނާނެ ކަމަށާއި އެކަލާނގެއަށް ބިރުވެތި ވުމަށެވެ. އަދި ތަޤުވާވެރިވެ އެމީހެއްގެ އަމަލުތައް އިސްލާހުކޮށްފި މީހަކު އެދުވަހުން ހިތާމަކުރަން ނުޖެހޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި އެކަލާނގެ ނިޢުމަތްތައް ހަނދުމަކޮށް އެކަލާނގެ މަންހަޖަށް ތަބާވުމަށްޓަކައި، މުސްލިމުންނަށްޓަކައި، މާތް ﷲ ޚާއްޞަކުރައްވައިފައިވާ ދުވަސްތަކުގެ މަތީން ހަނދުމަކޮށް އެއިން ޢިބްރަތް ޙާޞިލުކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ޒަކާތު ހައުސް އިން ބުނީ ރޯދަ މަހުގެ ފަހު 10 ބަންދު ދުވަސްތަކެއްގެ ގޮތުގައި
ފަތުވާ މަޖިލީހުން ބުނަނީ މި މައްސަލައިގައި ދެ ރައުޔެއް އޮންނަ ކަމަށް. އެކަމަކު ކުލަ ޖެއްސޭނެ ކަމަށް ވިދާޅުވާ އިލްމުވެރިންގެ ދަލީލުތައް ވަރުގަދަ ކަމަށް
އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އެކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު
ބޮޑެތި ދަރަނިތައް ނަގަން ވާނީ އެފަދަ ދަރަނި އަދާކުރާނެ ގޮތުގެ ހިކުމަތްތެރި ރޭވުމެއް އޮވެގެން ކަމަށާއި ދަރަނި ނުދެއްކި، ޝަރީއަތަށް މައްސަލަ ހުށަހެޅި، ތިމާ ކުށްވެރިވެ، އެކަމުގެ ސަބަބުން ދުނިޔެ އާއި އާހިރަތް ނަގައިލެވޭ ކަމަކަށް އެކަން ވެގެންނެއް ނުވާނެ ކަމަށެވެ.
އީދު ދުވަހު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން މޫސުން ތަންނުދީފިނަމަ މާލޭގައި ހުކުރު ކުރާ ހުރިހާ މިސްކިތްތަކެއްގައި ވެސް އީދު ނަމާދު ކުރާނެއެވެ.
މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖުލައި މަހުގެ 12 ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމު ގައެވެ.
މިދިޔަ ރަމަޟާން މަހު ޢުމްރާގެ އަޅުކަން އަދާކުރުމަށް މަޝްއަރު ޓުއާސްގެ ފަރާތުން ޢުމްރާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން ސަޢުދީގައި ތާށިވި ހުރިހާ ޢުމްރާވެރިން އެ ގުރޫޕަގް ޚަރަދުގައި އަނބުރާ ރާއްޖެ ގެނެސްފިއެވެ.
އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިން ފުރަތަމަ ކަމަކަށް ނަބިއްޔާ ބަޔާންކޮށްދެއްވައިފައިވަނީ، މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައިދިނުން ކަމަށާއި އެ މީހުންގެ ހިތްތައް ބާއްޖަވެރިކުރުން ކަމުގައި މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.
އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ މުބާރާތް ބާއްވަނީ މުޅި މުބާރާތުގެ ކަންކަން އަލުން މުރާޖަޢާކޮށް ގެނެވެން ހުރި ހެޔޮބަދަލުތައް ގެނައުމަށްފަހުއެވެ.