އެހެން އަހަރުތަކެކޭވެސް އެއްގޮތަށް އެ ވުޒާރާއިން ވަކި މިސްކިތްތަކާއި މައިދާންތަކެއް މާލޭ ސަރަހައްދު ތަކުގައި ކަނޑައަޅާފައި ވާކަމަށާއި، އެގޮތުން މާލޭ ސަަރަަހައްދުގައި އީދު ބޮޑު ޖަމާއާތް ހެދުމަށްޓަކައި ހަތަރު ތަނެއް ހަމަޖައްސާފައިވާކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މި މުޖުތަމައަކީ އެކަކު އަނެކަކުގެ އައިބުތައް ފޮރުވާ، މީހެއްގެ އަބުރަށް އަރާފައިވާނަމަ ލަސްނުކޮށް އެމީހެއްގެ ކިބައިން މާފަށް އެދި ހިތް ހަލާލު ހޯދުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.
ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ ދިއްދޫ އިސްލާމީ މަރުކަޒު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މާދަމާ ހުކުރު ނަމާދަށެވެ.
ކައިވެންޏާއި ގުޅޭ ކަންކަމަށް ހޭލުންތެރިކަން އިތުުރުކުރުމަށް ބާއްވާ މި ސިލްސިލާ ތަކުގެ ތެރެއިން ހުކުރު ދުވަހުގެ ރޭ އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ 'ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް' މި މަޢޫޟޫއަށެވެ.
"ދީން ރައްކާތެރިކުރުން" މި މައުޟޫއަށް އިއްވި ހުތުބާގައި ވިދާޅުވީ، މާތް ﷲ، އިންސާނުން މި ބިމުގައި ހަލީފާވެރިކުރައްވައި، އެ މީހުންނަށް ރަނގަޅު ގޮތާއި ނުބައި ގޮތް ބަޔާންކޮށްދެއްވުމަށް ޓަކައި އެ މީހުންގެ ތެރެއިން ރަސޫލުބޭކަލުން ފޮނުއްވެވި ކަމަށާއި މި އެންމެހައި ބޭކަލުން ގޮވައިލެއްވީ އިސްލާމް ދީން ކަމަށް ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، އެހެން ހުރިހާ މީހުންނާއި ކަމަކަށްވުރެ އެކަލޭނގެފާނުގެ ދެކެ ލޯބިފުޅުވުމަށް ހުރިހާ މުސްލިމުންނަށް މިއަދުގެ ޚުތުބާގައި ގޮވާލާފައިވެއެވެ.
މި ކޮންފަރެންސް ބާއްވާނީ އަންނަ އަހަރުގައި، ރާއްޖެ އިސްލާމްވީ ދުވަސްކަމަށް ފާހަގަ ކުރާ ދުވަހުކަމަށާއި އެ ދުވަހަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރުވާ ދުވަސްކަމަށެވެ.