މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 57 ޚަތީބުން ތަމްރީނުކޮށްފައިވެއެވެ.
މިކަން އިޢުލާން ކުރައްވާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިކަމަކީ ޤުރުއާން ކިޔަވަން ލޯބި ޖެއްސުމާއި ފެންވަރު ރަނގަޅު ޤާރީން ބިނާކުރުމަށް މަގު ފަހި ކުރުމުގެ ގޮތުން ފައްޓަވާކަމެއްކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމު ކުރި ދާއިމީ މިސްކިތަކީ އަމިއްލަ ފަރާތަކުން ބިނާ ކުރާ މިސްކިތެކެވެ.
މިފަހަރުގެ ޕްރޮގްރާމްގެ އިމްތިހާނު މާލޭގެ އިތުރުން އައްޑޫ ސިޓީ އަދި މީމު އަތޮޅުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ޕްރޮގުރާމުގެ ތިންވަނަ ބުރު 40 އިމާމުން ފުރިހަމަކޮށް، ސެޓްފިކެޓު ހާސިލްކޮށްފައިވާ ކަމަށެވެ. އެ ސެޓްފިކެޓް ދިނުމުގެ ޖަލްސާ އޮތީ އޮންލައިންކޮށް މިނިސްޓްރީގައި ކަމަށެވެ.
މަންދޫބު މެދުވެރިކޮށް އިސްލާމިކް މިނިސްޓްރީން ބޭނުންވާ ހުރިހާ ހިދުމަތެއް ދާއިރާތަކަށް ވީ އެންމެ އަވަހަކަށް ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރ ޝަހީމް ވަނީ ވިދާޅުވެފައެވެ.
”ޒިންމާދާރުވުމާއި މަސްއޫލިއްޔަތު އުފުލުން“ މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ބުނީ، އިސްލާމީ މުޖްތަމަޢުގެ ކޮންމެ ފަރުދަކީ މަސްއޫލިއްޔަތެއް އޮތް މީހެއް ކަމަށެވެ.
އެހެން މަޚްލޫޤުންނަށް ނުދެއްވާ މަތިވެރި ދަރަޖަ އިންސާނުންނަށް اللهُ تَبَارَكَ وَتَعَالَى ދެއްވަވައިފައިވާކަމަށް ފާހަގަކޮށްފައިވާއިރު، އެއީ އެކަލާނގެއަށް އަޅުކަންކުރުމާއި މި ދުނިޔެ ޢިމާރާތްކުރުމުގެ ބޮޑު މަސްއޫލިއްޔަތުކަން ބުނެފައިވެއެވެ.
އެ ވުޒާރާއިން ބުނީ، މާލެ ސިޓީގައި ހުކުރު ނަމާދުކުރާ އިމާމުންގެ ދަފްތަރު އެކުލަވާލުމަށްޓަކައި، އިމާމުންގެ ފެންވަރު ވަޒަންކުރުމަށް އިންޓަވިއުތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިނިސްޓާރ މިފަދައިން ވިދާޅުވެފައިވަނީ އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގުރޫޕަށް ފޮނުއްވި މެސެޖުގައި އެވެ.