މި އާއިލާ ޑީޕޯޓްކޮށްފިނަމަ މުސްލިމް ޤައުމުތަކާއެކު އެއްބައިވަންތަކަން އޮތްކަމަށް ދިވެހި ސަރުކާރުން ދައްކަމުންދާ ވާހަކަތަކުގެ އިޚްލާޞްތެރިކަމާމެދުވެސް ސުވާލު އުފެދެއެވެ. އަމިއްލަ ބިމުގައި ސުލްހަވެރިކަމާއެކު ދިރިއުޅެމުން އަންނަ އެކުވެރި މުސްލިމުންގެ ޙައްޤުތައް ނިގުޅައިގަނެ، ރާއްޖެއިން ބޭރުގައި ތިބި މުސްލިމުންނަށް ލިބެމުންދާ ހިތާމަތައް ސަރުކާރުން ކުށްވެރިކުރާނީ ކިހިނަކުން ހެއްޔެވެ؟
މިހާތަނަށް މައްކާ ރޫޓް އިނީޝިއޭޓިވުން ފުރުސަތު ދީފައި ވަނީ 7 ގައުމަކަށް
މިގޮތުން އަލަށް ގެނެވުނު ބަދަލާ އެކު މުޅި ރާއްޖެއަކީ އެއްބައެއް ކަމުގައި ބަލައިގެން ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އެއްހަމައަކުން ބެހިގެންދާނެ
ފަރީދުގެ މައްޗަށް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދު ކުރުން އަންނަ ހުކުރު ދުވަހު، ހުކުރު ނަމާދަށް ފަހު އޮންނާނެ އެވެ.
އިސްލާމީ އުސޫލުތަކާއި ތައާރަޒުނުވާ ގޮތަށް އީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓަރު ގޮވާލާފައިވީ ނަމަވެސް ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭގޮތަށް ދީނުގެ ހަމަތަކާއި ޚިލާފަށް އީދު ފާހަގަކުރަމުން ގެންދާކަން ފާހަގަކުރެވެއެވެ.
މިނިސްޓްރީން ބުނީ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ ތަންތަން ހަމަޖައްސާފައިވާ ނަމަވެސް ވިއްސާރަވުމުގެ ސަބަބުން ކެންސަލްވެއްޖެ ނަމަ ނަމާދު ކުރާނީ މާލެ ސަރަހްދުގައި ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި ކަމަށެވެ.
މިނިސްޓަރު ޑރ ޝަހީމް އަލީ ސައީދު ވަނީ މިކަން އެކްސްގައި ޕޯސްޓެއް ކުރައްވާ އިއުލާންކޮށްފައެވެ.
ހުތުބާގައި ވިދާޅުވީ މާތް ﷲ އެކަލާނގެ މާތް ފޮތުގައި ވަނީ ޖުވާގެ ހުރިހައި ބާވަތްތަކެއް ހަރާމްކުރައްވައިފައި ކަމަށެވެ.
ފިރިމީހާ އަނބިމީހާގެ މައްޗަށް އަނިޔާވެރިވެ، އޭނާގެ ޙައްޤުތައް އަދާނުކުރާ ނަމަ، އަނބިމީހާއަށް ކައިވެނި ޚުލްޢުކުރުމަށް ހުށަހެޅުން ހުއްދަވާނެކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.