ޓީވީ ޗެނަލްތަކާއި އާންމު ފަރުދުންނަށް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރުދީ ބިރުދައްކަމުންދާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މި މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ހާމަކޮށްފިއެވެ.
މީޑިޔާތަކުގެ ބާރުތައް ސަރުކާރުގެ މުށުތެރެއަށް ނަގާ ވަކި ވަކި ނޫސްވެރިންނަށް ދައުވާ ކުރެވޭ ގޮތަށް ފަރުމާކޮށް ސަރުކާރު އަޑީގައި އޮވެ، ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރު މެދުވެރިކޮށް ހުށަހެޅި ބިލާ މެދު ގިނަ ނޫސްވެރިންގެ ކަންބޮޑުވުން އޮތުމުން އެކަމަށް އިޝާރާތް ކުރައްވާ މަލީހު ވިދާޅުވީ، ދައުލަތުގެ ތެރޭ ހިންގާ ވައްކަމާ ޖަރީމާތައް ފޮރުވަން މީޑިޔާތަކުގެ ބާރު ކަނޑުވާލަން ސަރުކާރުން މަސައްކަތް ފެއްޓެވީ ކަމަށެވެ.
ނޫސްވެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ސީޕީޖޭގެ އޭޝިއާ ޕްރޮގްރާމުން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް އައްޔަންކުރައްވާ ބޭފުޅުންނާ އެކު އާ ކޮމިޝަނެއް އުފައްދައި، މީޑިއާތައް ޖޫރިމަނާކުރުމާއި ސަސްޕެންޑްކުރުމުގެ ބާރުދީ، ބޭނުންހާ ގޮތެއް މީޑިއާތަކަށް ހެދޭ ގޮތަށް އޮތް މި ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލި، ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމަށް ވެސް ނުރައްކާވާނެ ކަމެއް ކަމަށެވެ.
މި ބިލުގެ ސަބަބުން މީޑިޔާގެ ބާރު ކުޑަވާނެކަމަށް ތަޖުރިބާކާރު ބައެއް ނޫސްވެރިން ވެސް ވަ
އެ ޖަމިއްޔާއިން ބުނީ ބިލު ފާސްކޮށްފި ނަމަ މީޑިއާގެ މިނިވަންކަން ގެއްލި މީގެ އެތައް އަހަރެއް ކުރީގައި ހައްގުތައް އޮތް ގޮތަށް ރުޖޫއަ ވާނެ ކަމަށެވެ.
މި ފޯރަމްގައި މާލޭގެ އެކި ސްކޫލުތަކާއި އެމްއެންޔޫގެ އެކި ކޯސްތަކުގެ ދަރިވަރުންނާއެކު 80 އެއްހާ ދަރިވަރުން ބައިވެރިވިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ޤާނޫނުގެ ދަށުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައީސަކު އައްޔަނު ކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީން ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ.
އައު ގާނޫނުގެ ދަށުން އެ ކޮމިޝަނުގައި ހަތް މެންބަރުން އައްޔަނުކުރާއިރު، ހަތަރު މެންބަރުން އިންތިޚާބުކުރަނީ މީޑިއާތަކުންނެވެ.