theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް މުއިއްޒު އަދި މިނިސްޓާރ ޒަމީރު / ރައީސް އޮފިސް
ހަބަރު
މި ސަރުކާރުން ރައްޔިތުންގެ އުމްރާނީ ތަރައްގީއަށް ކުރާ ހޭދަ ދެ ބިލިއަން ދަށަށް!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
04 ޖޫން 2025
މާލެ ސިޓީ

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަޝްރޫއުތައް ނުހިނގާ ކަމުގެ ޝަކުވާ އާންމު ރައްޔިތުން ކުރަމުން އަންނައިރު، މި އަހަރުގެ ފުރަތަމަ ފަސް މަސް ނިމުނުއިރު، ސަރުކާރު މުވައްޒަފުންގެ މުސާރައަށް ކުރި ހަރަދު އިތުރުވިއިރު، އެ މުއްދަތުގައި ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހަރަދު ބޮޑުތަނުން ދަށްވެފައިވާކަން ފިނޭންސް މިނިސްޓްރީން ބަލަހައްޓާ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

ތަފާސްހިސާބުތައް އާއްމުކުރުމަށްފަހު ފިނޭންސް މިނިސްޓްރީން ބުނީ މަޝްރޫއުތަކަށް ކުރާ ހޭދަ ކުޑަވީ، ޕީއެސްއައިޕީއާ ގުޅޭ ތަފާތު އެކި ސިޔާސަތުތައް ހަރުދަނާކުރުމަށް މި އަހަރުގެ ތެރޭގައި ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.

ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ނުހިނގާ ކަމުގެ ކަންބޮޑުވުމަކީ މި ސަރުކާރު އައުމަށްފަހު ވެސް މިއަދާ ހަމައަށް ވެސް އޮތް ކަންބޮޑުވުމެކެވެ.

މާލީ ހިސާބުތަކުން އެންމެ ބޮޑަށް ފާހަގަވަނީ ތަރައްގީގެ މަޝްރޫއުތަކަށް ކޮށްފައިވާ ހަރަދު ބޮޑުތަނުން ދަށަށް ދިޔުމެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި މަޝްރޫއުތަކަށް 3.6 ބިލިއަން ރުފިޔާ ހަރަދުކުރި ނަމަވެސް މި އަހަރުގެ މިހާތަނަށް ހަރަދުކުރީ އެންމެ 1.5 ބިލިއަން ރުފިޔާ އެވެ. މިއީ ދެ ބިލިއަނެއްހާ ރުފިޔާގެ ތަފާތެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ ރަށްތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް މިހާތަނަށް ހިންގަމުން އައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ން މިހާރު ކުރާ މަސައްކަތެއް ނެތުމުން، އެ ކުންފުނީގެ ވިޔަފާރިން ލިބުނު އާމްދަނީއާއި ފައިދާ ވެސް ވަނީ ދަށްވެފަ އެވެ.

އެމްޓީސީސީއަށް އާމްދަނީ ލިބޭ މައިގަނޑު ދާއިރާތަކަކީ ވިޔަފާރި އާއި ބިން ހިއްކުމާއި އިމާރާތްކުރުމާއި ރިއަލް އެސްޓޭޓާއި ދަތުރުފަތުރެވެ. ރާއްޖޭގެ އުމްރާނީ ތަރައްގީ ހުއްޓި މިއިން އެއްވެސް ކޮޅަކުން އެމްޓީސީސީއަށް ލިބޭ ފައިސާއެއް ނެތެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved