ބަސް ބުނުމުގެ ކުރިން ބަހަކީ ތިމާގެ އަޅެކެވެ. ނަމަވެސް ބަސް ބުނުމަށްފަހު ތިމާ އަކީ އެ ބަހެއްގެ އަޅަކަށް ވެދެއެވެ. އެހެންކަމުން ބަސް ބުނުމުގެ ކުރިން ދެގުނަ އިތުރަށް ވިސްނާލުން މުހިއްމު ނޫންތޯއެވެ.
ފަޒްލޫނު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަހްޔޫނީން ޣައްޒާ ނިކަމެތި މުސްލިމުންނާ މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށްލުމުން ނުފުދޭ ކަމަށާ ރަސްމީ ފެންވަރުގައި ޚާރިޖީ ވަޒީރު އެ ގައުމަށް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކާ އެކު ފޮނުވާ އެ ހަނގުރާމައާ ލާއިންސާނީ އަމލުތައް މިހާރުން މިހާރަށް ހުއްޓާލަން ގޮވާލަން ދިވެހި ސަރުކާރުން ޖެހޭ ކަމަށެވެ.
ސޮއިކޮށްފައިވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔާންސް އާއި ދެމެދު އެއްބަސްވުމެއްގައެވެ.
ރައީސް ޔާމީން ވިދާޅުވީ، ފަލަސްތީނު އަދި ސަހްޔޫނީންގެ މައްސަލައިގައި ސަރުކާރުން ކަންކަން ކުރަމުން ގެންދަނީ އޮޅުވާލުމާ މަކަރާ ހީލަތުގެ ތެރެއިން ކަމަށާ ރާއްޖޭގެ ޓުއަރިޒަމް އާ ގުޅުވާ ވެސް އެކަމުގައި ގެންދަނީ އޮޅުވާލަމުން ކަމަށެވެ.
ކެބިނެޓުގެ ނިންމުމާ ގުޅިގެން ފޮރިން މިނިސްޓްރީން ބޭރު ގައުމުތަކުގައި ހުންނަ ދިވެހި އެމްބަސީތަކަށާއި ހައިކޮމިޝަންތަކަށް ފޮނުވާފައިވާ މައުލޫމަތު ނޯޓެއް "ތޭރަ އޮންލައިން"އަށްވަނީ ލިބިފައެވެ
ފަލަސްތީނަށް އިޒްރޭލުން ދެމުން ގެންދާ ނިރުބަވެރި ހަމަލާތަކަކީ ދެ ގައުމެއްގެ ދޭތެރޭގައި ހިނގާ ހަނގުރާމައެއްގެ ގޮތުގައި ވެރިކަން ކުރާ ޕީއެންސީއިން ބުނުމަކީ އިސްލާމީ ދައުލަތެއްގެ ވެރިން ތިބި ޕާޓީއިން އަކުން ހިންގި އެންމެ ދަށު ދަރަޖައިގެ އަމަލެއް ކަަމަށް ނޫނީ ނުވާނެއެވެ.
ޑރ. ޖަމީލު މިފަދައިން ވިދާޅުވީ އެކސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރަން މި މަޖިލީހުން އައު ގަރާރެއް ނުވަތަ ބިލެއް ހުށަހަޅާނެ ތޯ ނުވަތަ ނޫންތޯ ނޫސްވެރިޔާ އެހީ ސުވާލަށް ޖަވާބު ދެއްވަމުން ފަލާހު ވިދާޅުވީ، އިޒްރޭލު ޕާސްޕޯޓުގެ މައްސަލައިގެ އެއްވެސް މައުލޫމާތެއް އޭނާއަށް އެނގިފައިނުވާ ކަމަށެވެ.
ބުރާސްފަތި ދުވަހުގެރޭ ދަ ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންވަނީ ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރުމާ ގުޅޭގޮތުން މި ސަރުކާރުން މަސައްކަތްކުރަނީ ރަގަޅަށް ނޫންކަމަށް ވިދާޅުވެފައެވެ.